News

އެފް.އޭ.އެމް ޑީ ސެޓްފިކެޓް ކޯޗިންގ ކޯސް ފެލިވަރުގައި ކާމިޔާބުކަމާއެކު ނިންމާލިއިރު އައްޑުގައި ސީ ސެޓްފިކެޓް ކޯސް ކުރިއަށް އެބަދޭ

13 މާރިޗު 2019






އެފް.އޭ.އެމް ޑީ ސެޓްފިކެޓް ކޯޗިންގ ކޯސް ފެލިވަރުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

29 ބައިވެރިންނާއެކު ދެދުވަހުގެ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ 10ން 12 މާރިޗު 2019އަށެވެ. މިކޯހުގައި އިރުޝާދުދެއްވީ އެފް.އޭ.އެމްގެ ތަޖުރިބާކާރު އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ޝާހިދެވެ. މިކޯސް ނިމުން އިރު އައްޑޫގައި ޖުމްލަ 20 ބައިވެރިންނާއެކު އެފް.އޭ.އެމް ޑީ ސްޓްފިކެޓް ކޯޗިންގ ކޯސް ވަނީ ފަށާފައެވެ. މިމަހުގެ 10ވަނަ ދުވަހު ފެށި މިކޯސް މިމަހުގެ 22ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ. މިކޯހުގައި އިރުޝާދު ދެއްވާނީ އެފް.އޭ.އެމްގެ ހެޑް އޮފް ގްރާސްރޫޓްސް އަހްމަދު ޝަރީފް (ޑުންގާ)އެވެ.

މިއީ މިއަހަރު ހިންގޭ މިފަދަ އެތައް ހަރަކާތެއްގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރުގެ ތިންވަނަ މަސް ފެށިފައިވާއިރު، އެފް.އޭ.އެމްއިންވަނީ ވޭތުވެދިޔަ ދެމަހުގައި އެކަނިވެސް ކޯޗިންގެ އެތައް ޕްރޮގްރާމެއް ހިންގާފައެވެ. އެގޮތުން އޭ.އެފް.ސީގެ އިންސްޓްރަކްޓަރުންވެސް މިކޯސްތަކުގައި އިރުޝާދު ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިއަހަރަކީ ފުޓުބޯޅަ ދިވެހިންގެތެރޭގައި ދިރުވުމަށް މުޅިން އައު އަޒުމަކާއެކު އެފް.އޭ.އެމްއިން މަސައްކަތްފަށާފައިވާ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުޓްބޯޅަ ހަބްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށުގައި ފުޓްބޯލް ޑިވެލޮޕްމެންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއީ ފުޓުބޯޅައިގެ ތެރޭގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އަދި ދިވެހިންގެ ހިތްތަކުގައި ކުރިން ފުޓުބޯޅައަށް އޮތް ލޯބި އަލުން އާލާ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ފޮޓޯ: ފޭސްބުކް/އެފް.އޭ.އެމް

Coach Education Coaching-News Towards Future

Leave a Comment:

Comments will be published after moderation.