News
ޓްރާންސްފަރ ބާޒާރު: ރިލޭ ގްރީން ސްޓްރީޓްސްއަށް؟
13 މާރިޗު 2019
ނިއުއަށް އަލްވަދާއު ކިޔާފައިވާ އެ ޓީމްގެ ކުރީގެ ދިފާއީ ކުޅުންތެރިއެއް ކަމަށްވާ ރިލްވާން ވަހީދު (ރިލޭ) ގްރީން ސްޓްރީޓްސްއާއެކު އެއްބަސްވުމަކަށް އައިސްފައިވާކަމުގެ އަޑުތަކެއް އަނެއްކާވެސް އަރައިފިއެވެ.
މިއީ މީގެ ގާތްގަނޑަކަށް މަހެއްވަރު ކުރިން ރިލޭ ގްރީން ސްޓްރީޓްސްއަށް ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރުމަށްފަހު ރިލޭގެ ޓްރާންސްފަރއަކާ ބެހޭގޮތުން އިވޭ ފުރަތަމަ ޚަބަރެވެ. ކުރިން މިކަހަލަ ޚަބަރެއް ފެތުރެން ފެށުމުން ގްރީން ސްޓްރީޓްސްއިން ވަނީ އެކަން ދޮގުކޮށްފައެވެ. މީގެ އިތުރުން ފޯކައިދޫއިން މި ކުޅުންތެރިޔާ ހޯދަން އުޅޭކަމުގެ އަޑުތަކެއްވަނީ ހަމަ އެދުވަސްވަރުގައިވަނީ ފެތުރިފައެވެ. ނަމަވެސް އެޓީމުގެ ބަހެއް އެކަމުގައި ލިބިފައެއް ނުވެއެވެ. ނަމަވެސް މިފަހަރު އަޑުތަށް އަރާފައިވާ ގޮތުގައި ރިލޭވަނީ ގްރީން ސްޓްރީޓްސްއާއެކު އެއްބަސްވުމަކާ ހިސާބަށް އާދެވިފައެވެ.
ރިލޭއަކީ ނިއުގެ އިތުރުން މިވަގުތު ދިވެހި ފުޓުބޯޅައަށް ބެލިކަމުގައިވިޔަސް އެންމެ އިތުބާރުހިފޭ އެއް ޑިފެންޑަރެވެ. އޭނާވަނީ މިދިޔަ ސީޒަންގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އޭނާގެ ކަކުލަށް އޮކްޓޫބަރުމަހު ނިއުގެ ފަރިތަކުރުމެއްގެ ތެރޭގައި އަނިޔާވިއެވެ. ރާއްޖޭގައި ކުރެވުން ކާމިޔާބު ސަރޖަރީއަށްފަހު ކުޅުމަށް އަލުން ރުޖޫއަވެ ޤައުމީ ސްކޮޑަށް އެރުމަށް ރިލޭ ހުރީ އަމާޒު ހިފާފައެވެ. ނަމަވެސް އޭނާ ކުޅެމުން އައި ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓްވަނީ މި އަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފެށުމަށް ގާތްގަނޑަކަށް ހަފްތާއަކަށްވެފައި އޮއްވާ އެފް.އޭ.އެމްގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފައެވެ. ގިނަ ކުޅުންތެރިންތަކެއްގެ މުސާރަ ނުލިބޭކަމުގެ ޝަކުވާއާއި ގުޅިގެން އެފް.އޭ.އެމްއިން މިކްލަބް ސަސްޕެންޑްކޮށްފައިވާއިރު، މިމަހުގެ ކުރީކޮޅު ނިއު ދޫކޮށްލިކަން އިއުލާން ކުރި ރިލޭވަނީ އޭނާއާއި ކްލަބާއި ދޭތެރޭ ޖެހިފައިވަނީ ކޮން މައްސަލައެއްކަން ހާމަކުރަން ބޭނުންނުވާކަމަށް ބުނެފައެވެ.
ފާހަގަކޮށްލަން ޖެހޭކަމަކީ ނިއު އަދި ޤައުމީ ޓީމަށް ކުރިން ކޯޗްކަން ކޮށްދިން ވެލިޒާރ ޕޮޕޯވް މިހާރު ކޯޗްކުރަމުން އަންނަ އޮމާންގެ ކްލަބެއްކަމަށްވާ ސުރް ސްޕޯޓްސް ކްލަބްއިން މިދިޔަ އަހަރު ރިލޭ ގެންދިއުމަށްވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. ނަމަވެސް ނިއުއިން ތިބީ ބޮޑު ފީ(10،000$)އަކާ ނުލާ ރިލޭ ދޫކުރުމަށް ތައްޔާރަށް ނޫންކަމުން މިކަން ކާމިޔާބެއް ނުވިއެވެ. ނަމަވެސް އެ ފުރުސަތު ލިބޭތޯ ރިލޭ އެދި އެދި ހުރިކަން ފާހަގަކޮށްލެވެއެވެ. ބޭރު ކްލަބަކަށް ކުޅުމަކީ ދިވެހި ކުޅުންތެރިންނަށް މާ ގިނައިން ލިބޭ ފުރުސަތަކަށް ނުވުމުން ޓްރާންސްފަރ ފީ ދަށްކުރާނެކަމަށްވެސް ރިލޭ ހުރީ ވަރަށް ބޮޑަށް އުންމީދުކޮށްގެންނެވެ.
މިފަދަ ޓްރާންސްފަރ އަޑުތައް އަރާފައިވާއިރުވެސް ފަހުން ނިއުއަށް ނުކުޅޭނެކަމުގެ އެއްވެސް އިޝާރާތެއް ރިލޭ ކޮށްފަކާއެއް ނުވެއެވެ. އެގޮތުން ކުޅުންތެރިޔާގެ ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި، "ނިއުއަށް އެދެނީ އުޖާލާ މުސްތަގުބަލެއް. ފަހުން ބައްދަލުވާނެކަމުގެ އުންމީދުގައި ވަރަށް ސަލާމް."
ނިއުގައި އުޅުން އެކި ކުޅުންތެރިންނަށް އެކި އެކި މައްސަލަތަށް މީގެ ކުރިންވެސްވަނީ ދިމާވެފައެވެ. އެގޮތުން މުސާރަ ނުލިބުމާއި ބޭރު ޓީމަކަށް ޓްރާންސްފަރވުމުގައި ހުރި ދަތިތަށް ފާހަގަކޮށްލެވެއެވެ. އަލީ އަޝްފާޤް (ދަގަނޑޭ) އަދި އިމްރާން މުހައްމަދަށްވެސް މިފަދަ މައްސަލަތަށް ނިއުގައި އުޅުންއިރު ދިމާވެފައިވާކަމަށްވެއެވެ. ކުރިން ނިއުއަށް ކުޅުން މިދެކުޅުންތެރިންވެސް މި ޓްރާންސްފަރ ސީޒަނުގައިވަނީ ރިލޭ ސޮއިކުރަން އުޅޭކަމަށް އަޑުއަރާފައިވާ ގްރީން ސްޓްރީޓްސްއަށް ސޮއިޚޮސްފައެވެ. މީގެ އިތުރުންވެސް ކުރިން ނިއު އަދި މާޒިޔާއަށް ކުޅޫުން މުހައްމަދު އުމައިރުވެސް ވަނީ އެޓީމަށް ސޮއިކޮށްފައެވެ.
Club Green Streets New Radiant Sports Club Transfer Rumours