News
އިންޑިއާ ހިފަހައްޓައި ބަންގްލަދޭޝް ތާވަލުގެ އެއްވަނައަށް
4 އޮކްޓޯބަރު 2021
އިންޑިއާ އަތުން 1-1 އެއްވަރުކޮށް ސާފް ޗެމްޕިއަންޝިޕުގެ ތާވަލުގެ
އެއްވަނައަށް ބަންގްލަދޭޝް ޖެހިލައިފިއެވެ. މެޗުގެ ދެވަނަ ހާފުގައި ބަންގްލަދޭޝްގެ
ބިޝްވަންތަ ގޮޝްއަށް ރަތް ކާޑު ދެއްކި ހިސާބުން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.
ނަމަވެސް މެޗުގެ 73 ވަނަ މިނިޓުގައި ޔާސިން އަރަފާތު ވަނީ ބަންގްލަދޭޝްއަށް ލަނޑު ޖަހައިދީ
މެޗުގެ ނަތީޖާ އެއްވަރުކޮށްލާފައެވެ.
އިންޑިއާގެ ގޯލު މެޗުގެ 26 ވަނަ މިނިޓުގައި ޖަހައިދިނީ އުދާންތާ ސިންގު ހުސްކޮށްލާފައި
ދިން ބޯޅައަކުން ސުނިލް ޗެތުރީއެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން
އިންޑިއާއިން ކުޅުނު ނަމަވެސް ބަންގްލަދޭޝްއިން ވަނީ ކައުންޓާ އެޓޭކުގައި އިންޑިއާ
ގޯލަށް ނުރައްކާކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޯން ބުނީ
އޭނާގެ ޓީމު ފައިނަލުގެ ކުޅުމުގެ ފުރުސަތު ބޮޑު ކަމަށާއި މެޗުން ލިބުނު ޕޮއިންޓާ
މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
އިންޑިއާ ޓީމުގެ ކޯޗު އިގޯ ސްޓިމިޗް ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށާއި މިމެޗަކީ އިންޑިއާ މޮޅުވާން ޖެހޭ މެޗެއް ކަމަށެވެ. "ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އަހަރެމެން ފަހު 15 މިނިޓުގައި ފަރުވާ ކުޑަވުމުގެ ސަބަބުން މެޗު ގެއްލިގެން ދިޔައީ" ސްޓިމިޗް ބުންޏެވެ