News
ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ
1 އޮކްޓޯބަރު 2021
މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެއެވެ.
މިރޭ ގަލޮޅުދަނޑުގައި ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗް ނޭޕާލުން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މިރޭގެ މެޗުގެ ފެނިގެންދިޔަ ހަމައެކަނި ގޯލް ނޭޕާލްގެ ޓީމު ކާމިޔާބު ކުރީ މެޗް ނިމެން މަދުވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.
ދެޓީމުގެ ފަރާތުން ވެސް ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ރާއްޖެ އަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.
މި މުބާރާތުގައި މިއަދު ހަވީރު ބަނގުލަދޭޝް އާއި ސްރީ ލަންކާ ކުޅުނު މެޗް ބަނގުލަދޭޝް އިން ވަނީ 1-0 އިންް ކާމިޔާބު ކޮށްފައެވެ.
މުބާރާތުގައި ދެން ރާއްޖެ ކުޅޭނީ މި މަހުގެ 7 ވަނަ ދުވަހު ބަނގްލަދޭޝްގެ ގައުމީޓީމާއިއެކު އެވެ.
SAFF