News
ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑްކޯޗް ކޮވިޑް19އަށް ޕޮޒިޓިވް ވެއްޖެ
9 ސެޕްޓެމްބަރު 2021
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ހެޑް ކޯޗް އަލީ ސުޒެއިން ކޮވިޑް19 އަށް ޕޮޒިޓިވްވެ ދުވަސްކޮޅަކަށް ގައުމީ ޓީމާއި ދުރަށްދާން ޖެހިއްޖެއެވެ.
ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީޓީމު ހުކުރުދުވަހު ގަތަރަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. ބޯޅައެމްވީ އަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ ކޮވިޑް19 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ދުވަސްކޮޅަކަށް ޓީމާއި ވަކިވާން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އިރާދަކުރެއްވިޔާ ކޮވިޑް ބަލިން ސަލާމަތްވެ 14 ދުވަސް ހަމަކުރުމަށްފަހު ޓީމާއި ގުޅޭނެކަމަށެވެ.
ސުޒެއިން ބުނީ އޭނާގެ ބަދަލުގައި ޓީމަށް އިރުޝާދު ދޭނީ ކޯޗް އިމްރާން މުހައްމަދު ކަމަށެވެ. ގަތަރަށް ދިޔުަށްޓަކައި ގައުމީޓީމު ފުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 6:00 ގައެވެ.
އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން 30 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވައިލައިފައެވެ. ޓްރެއިނިން ކޭމްޕު ނިންމާލުމަށްފަހު ޓީމު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުކަމަށް ފުޓުބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
Maldives National Team Suzain