News

ބަކާ އާއި އިރޭ ބާކީކޮށް ސީނިއާ ގައުމީ ފުޓުބޯޅަ ސްކޮޑް އިއުލާނުކޮށްފި

8 ސެޕްޓެމްބަރު 2021






އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި ގައުމީ ފުޓުބޯޅަ ސްކޮޑުން ތަޖްރިބާކާރު ޑިފެންސިވް ދެމިޑްފީލްޑަރުންކަމަށްވާ މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން ބާކީކޮށް ސްކޮޑް އިއުލާން ކޮށްފިއެވެ.


ގައުމީ ސްކޮޑް 30 ކުޅުންތެރިންނަށް މަދުކޮށްފައިވާއިރު، ކުރިން ސްކޮޑުގައި ހިމެނުނު ބައެއް އެހެން ކުޅުންތެރިންނަށް ވެސް ވަނީ މިފަހަރުގެ ޓީމުން ޖާގަ ގެއްލިފައެވެ.

އެގޮތުން މިފަހަރު ފުރުސަތު ނުލިބުނު ކުޅުންތެރިންގެ ތެރޭގައި ކްލަބް އީގަލްސްގެ އިމްރާން ނަޝީދު(އިންމަ) އާއި ގްރީން ސްޓްރީޓްސްގެ މުހައްމަދު ސާއިފްގެ އިތުރުން ޓީސީގެ މުހައްމަދު އަޖްފާން ހިމެނެއެވެ. މީގެތެރެއިން އިންމަ ބާކީ ކުރަން ޖެހުނު ސަބަބެއްކަމަށް އެފްއޭއެމުން ބުނެފައިވަނީ އޭނާ ވަނީ އާއިލީކަމެއްގައި ޓީމާއެކު ދެވެން ނެތްކަން އެންގުމުންނެވެ. 

ނިމިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އައި ބަކާ އާއި އިރޭ ބާކީ ކުރި ސަބަބެއްކަމަށް ގައުމީ ޓީމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ކޯޗް އަލީ ސުޒައިން މީޑިއާ ތަކަށް ބުނެފައިވަނީ ބާކީ ކުރި ކުޅުންތެރިން ބާކީކޮށްފައިވަނީ މިހާރުގެ ކުޅުމަށް ބަލައި ކޯޗިން ސްޓާފުން އެގޮތަށް އެކަން ނިންމުމުންކަމަށެވެ. 


އޭއެފްސީ ކަޕަށް ތައްޔާރުވުމަށް ނެގި ސްކޮޑުގައި ހިމެނެނީ މާޒިޔާގެ ހުސެން ޝަރީފް، މޫސާ ޔާމިން، އިބްރާހިމް މަހުދީ، ހަމްޒާ މުހައްމަދު، މުހައްމަދު އުމެއިރު، އިބަރާހިމް އައިސަމް، ސަމޫހް އަލީ، ހުސައިން ނިހާން، ނާއިޒް ހަސަން، އަސަދުﷲ އަބްދުﷲ، އިބްރާހިމް ވަހީދު ހަސަން އަދި އަހްމަދު އަބްދުﷲ އެވެ. 

ކްލަބް އީގަސްއިން މިފަހަރު ގައުމީ ސްކޮޑުގައި ހިމެނުނީ ހަސަން ރާއިފް، ހައިޝަމް ހަސަން، ހުސައިން ޝިފާއު، މުހައްމަދު ނާއިމް، އަސްހަދު އަލީ އަދި އަހްމަދު ނޫމާން އެވެ.

ވެލެންސިއާގެ އަލީ އަޝްފާގް، މުހައްމަދު ފައިސަލް އަކްރަމް އަބްދުލް ގަނީ، އަލީ ފާސިރު އަދި މުހައްމަދު ޝަފީއު ހިމެނިފައިވާއިރު، ޔޫވީގެ އިސްމާއިލް އީސަ އާއި އަލީ ނަޖާހްގެ އިތުރުން އަލީ ހައިޝަމް ވަނީ ހިމެނިފައެވެ. 

މީގެ އިތުރުން ގްރީން ސްޓްރީޓްގެ ހަސަން ނަޒީމް އާއި ޓީސީގެ އަލީ ޝާމިސް އަދި ދަ ގްރާންޑޭގެ ޔަސްފާދު ހަބީބް އާއި ގާސިމް ސައްމާމު ވަނީ ގައުމީ ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ހޯދާފައެވެ. 

ސާފް ޗެމްޕިއަން ޝިޕަށް ތައްޔާރު ވުމުގެގޮތުން މިސްކޮޑް ހުކުރު ދުވަހު ގަރަތަށް ފުރުމަށް ހަމަޖެހިފައިވާއިރު ޓްރެއިނިން ނިންމާލުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަދުވަހު އެވެ. 


ފޮޓޯ: އެފްއޭއެމް





Maldives National Team Bakaa Irey

Leave a Comment:

Comments will be published after moderation.