News
ބެންގަލޫރު އެފްސީ އަތުން މޮޅުވެވޭނެ: ޝާޒް
14 އޯގަސްޓް 2021
(ޝާޒް)އޭއެފްސީ ކަޕްގެ ޕްލޭ އޮފްގައި މާދަމާރޭ އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމުއަތުން މޮޅުވެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް އީގަލްސްގެ ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.
ބޯޅަ އެމްވީ އަށް މައުލޫމާތު ދެއްވަމުން ޝާޒް ބުނީ ބެންގަލޫރު އެފްސީ އަކީ އޭފްސީގެ ތާރީޚަށް ބަލާއިރު ވަރުގަދަ ޓީމެއްކަމަށާއި ނަމަވެސް ކްލަބް އީގަލްސް ނިކުންނާނީ ޕްލޭއޮފްގެ މެޗުން މޮޅުވާން ކަމަށެވެ.
އެގޮތުން އެޓީމުގެ ހުރިހާ ކުޅުންތެރިން ވެސް މާދަމާރޭގެ މެޗަށް ވަރަށްބޮޑަށްތައްޔާރުވެފައިވާ ކަމަށް ޝާޒް ބުންޏެވެ. އަދި އަނިޔާގެ އެއްވެސް މައްސަލައެއް މިވަގުތު ނެތްކަމަށާއި ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓް ކޮށް ކަމަށް ޝާޒް ބުންޏެވެ.
މާދަމާރޭގެ މެޗަށް ދަގަނޑޭ ވެސް ހުރީ ފިޓްކޮށް އަދި އެހެން ހުރިހާ ކުޅުންތެރިންވެސް ފިޓްކޮށް ތިބީ. އަހަރެމެން ނިކުންނާނީ މޮޅުވާން" ޝާޒް ބުންޏެވެ"
ޝާޒް ބުނީ އީގަލްސްގައި އޭޝިއާގެ އެއް ނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާގު ހުރުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މީގެ އިތުރުން ދެންތިބި ކުޅުންތެރިންނަކީވެސް ރާއްޖޭގެ ނިސްބަތުން ބަލާނަމަ ވަރަށް ތަޖުރިބާ ހުރި ކުޅުންތެރިންކަން ޝާޒް ވަނީ ފާހަގަ ކޮށްފައެވެ.
މާދަމާރޭ މާލޭގައި ކުޅޭ މެޗުން އީގަލްސް މޮޅުވެއްޖެނަމަ އޭއެފްސީކަޕްގެ ދެކުނު އޭޝިއާގެ ފަހު ޖާގަ އީގަލްސްއަށް ލިބޭނެ އެވެ. އީގަލްސްއާއި ބެންގަލޫރު އެފްސީ ބައްދަލުކުރާ މެޗް އޮންނާނީ މާދަމާރޭ 8:00 ގައި ގަލޮޅު ދަނޑުގައެވެ.
AFC Cup Club Eagles Shaz