News
ނިއުގެ ދެގޮތެއްނުވާ ސަޕޯޓަރު ކޮއްޔަ ހަސަން މަނިކް ނިޔާވެއްޖެ
20 ފެބްރުއަރީ 2021
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއުރޭޑިއަންޓުގެ ދެގޮތެއްނުވާ ސަޕޯޓަރު ކޮއްޔަ ހަސަން އަލީ މަނިކު ނިޔާވެއްޖެއެވެ.
ކޮއްޔެ ހަސަން މަނިކް ނިޔާވީ ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮވިޑް19 އަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
ހަސަން މަނިކު ނިޔާވުމާއި ގުޅިގެން ނިއުރޭޑިއަންޓުގެ ފޭސްބުކް ޕޭޖުގައިވަނީ އެކުލަބުގެ މެނޭޖުމަންޓާއި ސަޕޯޓަރުންގެ ނަމުގައި މަރުހޫމުގެ ފުރާނައަށް ސުވަރުގެ މިންވަރު ކުރެއްވުމަށް އެދި ދުއާކޮށް އާއިލާ އަށް ތައުޒިޔާ ކިޔައިފައެވެ.
ކޮއްޔެ ހަސަން މަނިކަކީ ނިއުރޭޑިއަންޓު ފެށުނީއްސުރެ އެޓީމުގެ ސަޕޯޓަރެއްގެ ގޮތުގައި ހުރެގެން އެކި ގޮތްގޮތުން އެޓީމަށް އެހީތެރިވަމުންގެންދާ އެޓީމުގެ ހަގީގީ ސަޕޯޓަރެކެވެ.