News

ބެންޗުން އަރައި މެސީ މެޗު އަނބުރާލައިފި

8 ފެބްރުއަރީ 2021






ބާސެލޯނާ ބަލިވާން ދަނިކޮށް ބެންޗުން ކުޅެން އަރައި އެޓީމުކޮޅަށް މެސީ މެޗު އަނބުރާލައިފި އެވެ. ސްޕެނިސް ލަލީގާގައި ރެއަލް ބެޓިސް އާއި ދެކޮޅަށް ބާސާ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުން އިރު ކުރީގައި އޮތީ ބެޓިސް އެވެ. މެޗުގެ 38 ވަނަ މިނިޓުގައި އެޓީމަށް ލީޑު ނަގައިދިނީ ފޯވާޑް ބޯހާ އިގްލޭސިއާސް އެވެ. 

އިގްލޭސިއަސް މިގޯލު ކާމިޔާބުކުރީ އެމަސަން ހުސްކޮށްލާފައިދިން ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަމަވެސް ދެވަނަ ހާފު ފަށައިގެން މާގިނަ އިރެއް ނުވެ އެޓީމުން ބަދަލުތަކެއް ގެނައެވެ. މިގޮތުން 57 ވަނަ މިނިޓުގައި ބާސާއިން ދެބަދަލެއް ގެނައެވެ.

މެސީ ކުޅެން އެރިތާ ދެ މިނިޓު ތެރޭގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްލި އެވެ. އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން މެސީ ބެޓިސްގެ ގޯލު ފޫއަޅުވާލި އެވެ. 

މެޗުގެ 68 ވަނަ މިނިޓުގައި ބެޓިސްގެ ވިކްޓާ ރުއިޒް ބައިކޮޅަށް ޖެހި ގޯލާއެކު މެޗުގެ ނަތީޖާ ބާސާ ކޮޅަށް އެނބުރިގެން ދިޔަ އެވެ. ނަމަވެސް 75 ވަނަ މިނިޓުގައި ރުއިޒް ވަނީ ބޮލުން ގޯލެއް ވައްދާލައި މެޗުގެ ނަތީޖާ 2-2 ބަދަލުކޮށްލިއެވެ .

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޓްރިކާއޯ ވަނީ ބާސާއަށް މެޗުގެ ތިނަ ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މިމޮޅާއެކު ބަސާ ވަނީ ލީގު ތާވަލުގެ ދެވަނަ މަގާމަށް 43 ޕޮއިންޓާއެކު ޖެހިލާފަ އެވެ. އެއްވަނައިގައި އޮތް އެޓްލެޓިކޯ މެޑްރިޑަށް ވަނީ 19 މެޗުން 50 ޕޮއިންލިބިފަ އެވެ. 
 



Leave a Comment:

Comments will be published after moderation.