News

ބޮޑު މޮޅަކާއެކު ސިޓީ އެއްވަނައިގައި ފަރަގު ބޮޑުކޮށްފި

8 ފެބްރުއަރީ 2021






އިނގިރޭސި ޕްރިމިއާ ލީގުގައި ދިފާއީ ޗެމްޕިއަން ލިވަޕޫލް 4-1 ބަލިކޮށް މެންޗެސްޓާ ސިޓީ ލީގުގެ އެއްވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ. އެންމެ ކާރިން ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑާއި ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އޮތްއިރު ސިޓީއަށް ފަދާ މެޗެއް އެބައޮތެވެ. 

ދިފާއީ ޗެމްޕިއަން ލިވަޕޫލް ލީގު ދިފާއުކުރަން ޖެހޭ މަސައްކަތް އެތަކެއް ގޮތަކުން ބޮޑުވީ އެވެ. ހަތަރުވަނައިގައި އޮތް ލިވަޕޫލްއާއި ސިޓީއާއި ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. މެޗުގެ 37 ވަނަ މިނިޓުގައި ސިޓީގެ އިލްކާއި ގުންޑުގާންއަށް ރަނުގެ ފުރުސަތެއް ލިބިބޭކާރުވި އެވެ. ސިޓީއަށް ލިބުނު ޕެނެލްޓީއަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ  ހުރަސް ދަނޑިމަތިން ބޭރަށެވެ. 

ދެވަނަ ހާފު ފަށައިގެން މާގިނަ އިރެއް ނުވެ ސިޓީއިން ލީޑު ނެގިއެވެ. އޭރިއާ ތެރެއިނ ފިލް ޕޯޑަން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ދިފާއުކުރި ނަމަވެސް އެ ބޯޅަ ލިބޫނީ ގުންޑުގަންއަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި އެބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ. 

މެޗުގެ 63 ވަނަ މިނިޓުގައި ސިޓީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީއަކުން މުހައްމަދު ސަލާހު މެޗުގެ ނަތީޖާ އެއްވަރުކޮށްލިއެވެ. ނަމަވެސް ލިވަޕޫލްއަށް ސިޓީގެ ނުރައްކާތެރި ހަމަލާތަށް ހުއްޓުވަން އުނދަގޫވިއެވެ. 73 ވަނަ މިނިޓުގައި ފިލް ފޮޑެން ހުސްކޮށްލާއި ދިން ބޯޅައަކުން ގުންޑުގަން ސިޓީގެ ދެވަނަ ގޯލު ޖަހައި ނަތީޖާ 2-1 ބަދަލުކޮށްލި އެވެ. 

ތިން މިނިޓު ފަހުން ސިޓީއިން އަނެއްކާވެސް ގޯލެއް ޖެހިއެވެ. ލިވަޕޫލްގެ ކީޕާރު އެލިސަންއަށް ސާފުކޮށްނުލެވުނު ބޯޅައެއްގެ ފައިދާ ނަގައި ބާނާޑޯ ސިލްވާ ފާޕޯސްޓަށް ހިއްލާލި ބޯޅަ ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ތިން ޕޮއިންޓު ސިޓީއިން ޔަގީން ކުރިއެވެ. 

ްފުރިހަމަ ވުގުތަށްވާން ހަމިނިޓަށް ވެފައި ވަނިކޮށް އޭރިއާ ތެރެއިން ކުޅުންތެރިއެއް ކާރިން ނައްޓާލުމަށް ފަހު ފިލް ފޮޑެ ފޮނުވާލި ބާރު ހަމަލާ އެލިސަންއަށް މަތަނުވެ ގޮސް ގޯލުގެ ތެރެއަށް ވަދެ މެޗުގެ ނަތީޖާ 4-1 ބަދަލުވި އެވެ.  



Leave a Comment:

Comments will be published after moderation.