News

އިންޓަރ ސްކޫލް: ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކަށް ކުރިމަތިލާއިރު ގްރޫޕް "ޑީ" ގެ ހާލަތު

9 މާރިޗު 2019






މަޖީދީމަގުން ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށް މެންދުރު ފަހުގެ ވަގުތެއްގައި ދެވިއްޖެނަމަ އިވޭނެ އެއްއަޑަކީ އެ ހިސާބުގައި މިދުވަސްވަރު ހިއްޕާލާފައިހުންނަ ބެރުތަކާއި ދުންމާރީގެ އަޑެވެ. އެ އަޑުތަކަކީ ޤައުމީ ފުޓްބޯޅަ ސްޓޭޑިއަމްއިން ފެށިގެން އެ ޞަރަހައްދުގައި ފެތުރިގެންދާ އަޑެކެވެ. އެއީ މިދުވަސްވަރު އެންމެ ފޯރިއާއި އެކު ކުރިއަށް މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފޯރިއެވެ. މުބާރާތުގައި މިހާރު ކުރިއަށްދަނީ 15 އަހަރުން ދަށުގެ އުމުރުފުރާގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުތަކެވެ. ގްރUޕް ސްޓޭޖް ފަހު މެޗުތަކަށް ޓީމުތަށް ކުރިމަތިލާންޖެހިފައިވާއިރު ބައެއް ޓީމުތައްވަނީ ކުރިންބައިގައި ކުއާޓަރ އިން ޖާގަ ޔަގީންކޮށްފައެވެ. ނަމަވެސް އަނެއްބައި ޓީމުތައް ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކުޅެވުނު މެޗުތަކުން ނެރެވިފައި ހުރި ނަތީޖާތަކަށްބަލައި މިވަނީ މުބާރާތުގައި ދެން އިތުރަށް ކުރިއަށް ދިއުމުގެ އުއްމީދުތައް އެއްކޮށް ގެއްލި ކިޔަންބޭނުން ނޫން ނަމަވެސް މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައެވެ.

ގްރޫޕް ޑީ

ދެން އެންމެ އަވަހަށް ގްރޫޕް ސްޓޭޖް ފަހު މެޗުތަކާއި ކުރިމަތި ލާނީ މިދިޔަ އަހަރު 16 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ހިމެނޭ ގްރޫޕް ޑީ އެވެ. އިމާދުއްދީންގެ އިތުރުން މި ގްރޫޕްގައި ދެން ވާދަކުރަނީ ފާއިތުވި ތިންއަހަރު އުމުރުފުރާތަކުގެ މުބާރާތުގައި ވިދިވިދިގެން 3 އަހަރު ފައިނަލަށް ދަތުރުކޮށްފައިވާ އިސްކަންދަރު ސްކޫލްގެ އިތުރުން، ގިޔާސުއްދީން އިންޓަނޭޝަލް ސްކޫލް އާއި މިދިޔަ އަހަރު އިންޓަރ ސްކޫލް ފުޓްބޯޅައިން ފެނިގެންގޮސްފައިނުވާ ރެހެނދި ސްކޫލެވެ.

މި ގްރޫޕްގައި ވެސް ގްރޫޕް ސްޓޭޖް ފަހު މެޗުތަކާއި ކުރިމަތިލާއިރު އެއް ޓީމެއް ފިޔަވާ ބާކީ އޮތް 3 ޓީމަށްވެސް ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ފުރުސަތު ގެއްލިފައިވަނީ ކުޅުނު ދެމެޗުންވެސް ބަލިވެފައިވާ ގިޔާސުއްދީން ޓީމަށެވެ. މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ ގްރޫޕް ތާވަލްގެ އެއްވަނައިގައި  ރެހެނދި ސްކޫލް އޮތްނަމަވެސް އެ ޓީމަށްވެސް ފުރުސަތު ގެއްލިދާނެއެވެ. އިސްކަންދަރު އަދި އިމާދުއްދީނަށް ލިބިފައިވާ ޕޮއިންޓް ހަމަހަމަ ނަމަވެސް ތާވަލްގެ ދެވަނަ ލިބެނީ އިސްކަންދަރު ޓީމަށެވެ. އެއީ ފައިދާ ގޯލުންނެވެ. ތިންވަނަ ލިބެނީ އިމާދުއްދީނަށެވެ. ފުލުގައި އޮތީ ގިޔާސުއްދީނެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުގައި އާދިއްތަ ދުވަހު އިމާދުއްދީން ނިކުންނާނީ މޮޅުވޫންނޫން އެހެން ގޮތެއް ނެތްކަމަށް ދެކިގެން މުބާރާތާއި އަލްވަދާއު ކިޔަން ޖެހިފައިވާ ގިޔާސުއްދީން ސްކޫލްއާއި ދެކޮޅަށެވެ. އަނެއްކޮޅުން އިސްކަންދަރު ނިކުންނަން ޖެހޭނީ ހަމަ އެ ވިސްނުމުގައި ރެހެނދި އާއި ދެކޮޅަށެވެ. ރެހެނދި ސްކޫލް ތާވަލްގެ އެއްވަނައިގައި މިވަގުތު އޮތްނަމަވެސް އެ ޓީމަށްވެސް ހަގީގަތުގައި މަޑުއޮވެވޭނެ ފުރުސަތެއްނެތެވެ. ސަބަބަކީ ރެހެނދީގެ މައްޗަށް އިސްކަންދަރު ގަދަވެގެންފިނަމަ، އަދި އިމާދުއްދީން އިން ގިޔާސުއްދީންގެ މައްޗަށް ކުރި ހޯދައިފިނަމަ ރެހެނދި ވެސް މުބާރާތާއި އަލްވަދާއު ކިޔަންޖެހޭނެއެވެ. މިގޮތަށް ކަންވެއްޖެނަމަ މި ތިން ޓީމަށް ލިބިފައިވާ ޕޮއިންޓް ހަމަހަމަ ވާނެއެވެ. ދެން ބެލޭނީ ފައިދާ ގޯލަށެވެ.

އެހެންކަމުން ގްރޫޕް ސްޓޭޖް ފަހު މެޗުތަކާއި ކުރިމަތި ލާއިރު މި ގްރޫޕްވެގެންދާނީ އެންމެ ފޯރިގަދަ ގްރޫޕަށެވެ.

އިންޓަރ ސްކޫލް ފުޓްބޯލް ޓްވާރޑްސް ފިއުޗަރ

Leave a Comment:

Comments will be published after moderation.