News

އާ ކޯޗާއި އެކު ފުރަތަމަ މޮޅު ޗެލްސީން ހޯދައިފި

31 ޖެނުއަރީ 2021






އިނގިރޭސި ޕްރިމިއާ ލީގުގައި މިސީޒަނުގައި ދަށް ނަތީޖާތަކެއް ނެރެމުން އައި ޗެލްސީ ފުޓުބޯޅަ ކްލަބުން އެޓީމާއި އަލަށް ހަވާލުވި ކޯޗް ތޯމަސް ތުޝްކެލް އާއެކު ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފިއެވެ. 


އާ ކޯޗާއި އެކު ލީގުގައި މިރޭ ބާންލީ އާއި ދެކޮޅަށް ކުޅެ ޗެލްސީން މެޗް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. ޗެލްސީން ވަނީ މިރޭގެ މެޗްގެ ފުރަތަމަ ހާފުގައި ލަނޑެއްޖަހައި ލީޑް  ހޯދައިފައެވެ. މެޗްގެ 40 ވަނަ މިނެޓުގައި ޗެލްސީގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޒްޕިލިކުއެޓާއެވެ. ފުރަތަމަ ހާފް ނިމުނީ 1-0 ގެ ނަތީޖާ އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ. 


ދެވަނަ ހާފް ފަށައިގެން ވެސް މެޗް ލީޑް ކުރަމުން ދިޔައީ ޗެލްސީންނެވެ. ނަތީޖާ އެއްގެ ގޮތުން މެޗްގެ 84 ވަނަ މިނެޓުގައި އެޓީމުގެ ޕްލިސިޗްގެ އެހީތެރިކާމާއި އެކު މާކަސް އެލެންސޯ ވަނީ ގޯލެއް ޖަހައި ޗެލްސީއަށް ލީޑް ފުޅާކޮށްދީފައެވެ. މިމޮޅާއި އެކު ޗެލްސީ ވަނީ ތާވަލުގެ ހަތްވަނަ އަށް ޖެހިލައިފައެވެ. 


މިސީޒަނުގައި ޗެލްސީގެ ކޯޗުކަމުގެ މަގާމު އަދާކުރަމުން ގެންދިޔަ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގެ ދަށުން އެޓީމުން ނެރެމުން އައި ދަށް ނަތީީޖާގެ ސަބަބުން ޓީމުގެ ސަޕޯޓަރުން ދިޔައީ ގިނަ ފާޑުކިޔުންތަކެއް ކޯޗާއި ޓީމަށް އަމާޒުކުރަމުންނެވެ. މި ސިޒަނަށް އެޓީމާއި ގުޅުނު ކުޅުންތެރިންގެ ފަރާތުން ތަފާތު ކުޅުމެއް ނުފެނި މިހާތަނަށް ކުޅުނު ގިނަ މެޗްތަކުން އެޓީމުވަނީ ބަލިވެފައެވެ. 


އެއާއެކު ޗެލްސީގެ މެނޭޖްމަންޓަށް ޕްރެޝަރު ބޮޑުވެ ކޯޗް ލަމްޕާޑްގެ ބަދަލުގައި ތޯމަސް އައްޔަނުކޮށް އޭނާގެ ކޯޗުކަމުގެ ދަށުން މިހާތަނަށް ދެމެޗް ކުޅެފައިވާއިރު، ފުރަތަމަ މެޗުން އެއްވަރު ވެފައިވާއިރު ދެވަނަ މެޗް ވަނީ ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން ޗެލްސީގެ އާ ކޯޗާއި އެކު މުސްތަގުބަލުގައި ޓީމަށް ކާމިޔާބު ލިބޭނެ ކަމަށް ގިނަ ސަޕޯޓަރުން ދެކެއެވެ.  



Leave a Comment:

Comments will be published after moderation.