News
އީގަލްސްގެ ކޯޗްކަމުގެ މަގާމުން މޯހަން ވަކިވެއްޖެ
16 ޖެނުއަރީ 2021
ކްލަބު އީގަލްސްގެ ކޯޗްކަމުގެ މަގާމު ނިމިދިޔަ ސީޒަނާއި މިސީޒަނުގައި ފުރުއްވަމުން ގެންދިޔަ މުހައްމަދު ޝިޔާޒް އެޓީމާއި އެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލައި ކޯޗްކަމުގެ މަގާމުން ވަކިވެއްޖެއެވެ.
ކްލަބް އީގަސްއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފަވަނީ މިސީޒަނުގައި އެކުލަބުން ކުޅުނު މެޗްތަކުން ލިބިފައިވާ ނަތީޖާތަކަށް ބަލައި މޯހަންއާއި އެކު ދެކެވުނު ވާހަކަތަކަށްފަހު ކްލަބަށް އެންމެ ރަނގަޅުގޮތަކީ މޯހަން ވަކިވުންކަމަށް ދެފަރާތަށް ގަބޫލުކުރެވޭތީ އެގޮތުގެ މަތިން މޯހަން ވަކިވުމަށް ނިންމާފައިވާ ކަމަށެވެ.
ނަމަވެސް އެޓީމަށް މޯހަންގެ ކޯޗުކަމުގައި ކޮށްދީފައިވާ ހިދުމަތްތައް ފާހަގަކޮށް އެޓީމުގެ މެނޭޖުމަންޓުން އެކަން ފާހަގަ ކޮށް ޝުކުރު އަދާކުރާކަމަށް އެޓީމުގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.
ދިރާގު ދިވެހި ޕްރިމިއަ ލީގުގައި އީގަސްއިން މިހާތަނަށް ކުޅުނު ހަ މެޗުގެ ތެރެއިން އެޓީމު ހަތަރުމެޗުން ބަލިވެފައިވާއިރު، މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއްމެޗު ނިމުނީ އެއްވަރުވެގެންނެވެ. މި ނަތީޖާއާއި އެކު އީގަލްސް އޮތީ ތާވަލުގެ ހަތް ވަނައިގައެވެ.
އީގަލްސްގެ ކޯޗުކަމުގެ މަގާމާއި މޯހަން ހަވާލުވިފަހުން އެޓީމުން ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް އުފައްދައި ލީގުގައި ރަނގަޅު މަގާމެއް ހޯދައިފައެވެ. އަދި މިއަހަރުގެ ސީޒަން ފެށި މެޗް މޯހަންގެ ކޯޗުކަމުގެ ދަށުން ރާއްޖޭގެ މިހާރު އެންމެ ވަރުގަދަ ޓީމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް މިއަހަރުގެ ސީޒަންގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފައެވެ.
މިއަހަރުގެ ސީޒަން ފެށުނުފަހުން މިހާތަނަށް މަދު މެޗްތަކެއް ކުޅެވިފައިވާއިރު ދެޓީމެއްގެ ކޯޗުން މިވަނީ ކޯޗުކަމުގެ މަގާމުން އިސްތިއުފާދީފައެވެ. އެގޮތުން މިސީޒަނުގައި މާޒިޔާގެ ކޯޗުކަމުގެ މަގާމާއި ހަވާލުވި މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސްވަނީ ދެމެޗްގައި ކޯޗުކޮށްދިނުމަށްފަހު އެމަގާމުން އިސްތިއުފާދީފައެވެ.