News
މަމެން އިންޓަރ ސްކޫލް އަންހެނުންގެ ދުވަސް ފާހަގަކުރީ ތަފާތުގޮތަކަށް.
9 މާރިޗު 2019
އިއްޔެ މުޅި ދުނިޔެ ފާހަގަކުރި އަންހެނުންގެ ދުވަސް މާލޭގައި މިވަގުތު ސްކޫލްތަކުގެ މެދުގައި ފޯރިއާއިއެކު ކުރިއަށްދާ މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުން އަންހެނުންގެ ދުވަސް ފާހަގަކުރީ ތަފާތުގޮތަކަަށެވެ.
އިއްޔެ ކުޅެވިދިޔަ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކުގެ ގްރޫޕް ބީ ގެ މެޗުތަކުގައި ހަރަކާތްތެރިވީ އަންހެން އޮފިސަލުންނެވެ.
![]() |
އިއްޔެ ރޭގަނޑު ކަލާފާނު ސްކޫލްއާއި ކ.ގުޅީ ސްކޫލްއާއި ބަށްދަލުކުރި މެޗުގައި މެޗުގެ އޮފިޝަލެއް ގޮތުގައި ވަނީ އަންހެން ބޭކަނބަލަކު ފެނިގެންގޮސްފައެވެ. އެގޮތުން އެފް.އޭ.އެމް އާއި އެ ސޯސިއޭސަންގެ ރެފްރީސް ޑިޕާރޓްމަންޓް ގުޅިގެން މިހާރު ކުރިއަށްގެންދާ ބޭސިކް ރެފެރީސް ކޯހުގައި ބައިވެރިންގެ ތެރެއިން އަންހެން ބައިވެރިއަކު ވަނީ މިމެޗުގެ ބަދަލު ރެފެރީއެެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.
މީގެ އިތުރުން މި މެޗުގައި ކަލާފާނު ސްކޫލްގެ ޓީމަށް އިރުޝާދު ދިނުމުގަައި އަރިމަތީ ރޮނގަށް ނިކުމެ ހަރަކާތްތެރިވީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު އަސްމާ އަލީ އަދި އައިޝަތު އަބްދުލް ރައްޒާޤް އެވެ.
މި މެޗުވަނީ ކަލާފާނު ސްކޫލްއިން މޮޅަށް ކުޅެ 7-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުވެފައެވެ.
![]() |
ދިވެހި ފުޓްބޯޅައިގައި މިހާރުވެސް ހަރަކާތްތެރިވާ އަންހެން ކަނބަލުން މަދެއްނޫނެވެ. ކޯޗިން ދާއިރާގައި ގިނަ އަދަދެއްގެ އަންހެން ކަނބަލުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ބައެއް އަންހެން ކޯޗުން މިހާރުވެސް މާލޭގައި ކުރިއަށްގެންދާ ފުޓްބޯޅަ އެކަޑެމީ ތަކުގައި ހަރަކާތްތެރިވެއެވެ. ދާދި ފަހުން އެފް.އޭ.އެމް އިން ވަނީ އަންހެން ކޯޗުންނަށް ހާއްސަކޮށް އޭ.އެފް.ސީ "ސީ" ކޯޗިންގ ލައިސަންސް ކޯހެއް ކުރިއަށްގެންގޮަސްފައެވެ. ނިމިދިޔަ މަސްތެރޭގައި އެފް.އޭ.އެމް އިން އަތޮޅު ތެރޭގައި ހިންގި ފުޓްބޯޅަ "ޑީ" ލައިސަންސް ކޯހުގައިވެސް ވަނީ އަންހެން ބައިވެރިންވެސް ފެނިގެންގޮސްފައެވެ.
މިހާރު މާލެގައި އަދި އައްޑޫގައިވެސް އަންހެންނުންނަށް ހާއްސަކޮށް ބޭސިކް ރެފެރީސް ކޯހެއް ކުރިއަށް އެބަދެއެވެ.
އިންޓަރ ސްކޫލް ފުޓްބޯލް
ޓްވާރޑްސް ފިއުޗަރ

