News

ކްރިސްޓަލް ޕެލެސްއިން އާސެނަލް ހިފަހައްޓައިފި

15 ޖެނުއަރީ 2021






ޕްރިމިއާ ލީގުގައި އާސެނަލް އަދި ކްރިސްޓަލް ޕެލެސް ބައްދަލުކުރި މެޗު ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެން ނިމިއްޖެއެވެ. މެޗުގެ އެންމެ ހުސް ދެފުރުސަތު ލިބުނީ ޕެލެސްއަށެވެ. ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ. 

ރޭގެ މެޗަށް އާސެނަލްއިން ނެރުނު ޓީމުގައި މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކައިރެން ޓިއަނީ އަނިޔާގެ ސަބަބުން ކުޅެފައެއް ނުވެ އެވެ. 

 މެޗުގެ ފުރަތަމަ ހާފުގައި ޕެލެސްގެ ޑިފެންޑަރު ޓޮމްކިންސްއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވިއެވެ. ކޯނަރަކުން ލިބުނ ބޯޅަ ޓޮމްކިންސް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ 

އޭގެފަހުން ބެލްޖިއަމް ފޯވާޑް ބެންޓެކޭ ފޮނުވާލި ހަމަލާ އާސެނަލް ކީޕަރު ލެނޯ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްއަށް ރަނގަޅު ހުސް ފުރުސަތެއް ނުލިބެ އެވެ. 

ދެވަނަ ހާފުގެ 50 ވަނަ މިނިޓުގައި އާސެނަލްގެ ލަކަޒެޓްއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އެއަށްފަހު 70 ވަނަ މިނިޓުގައި މެޗުގެ ނަތީޖާ ޕެލެސް ކޮޅަށް އަނބުރާލަން ލިބުނެ ހުސް ފުރުސަތު ބެންޓެކޭ ވަނީ ނަގާލާފަ އެވެ.



Leave a Comment:

Comments will be published after moderation.