News

މުނޯޒްގެ ގޯލާއެކު ގްރީންއަށް ފުރަތަމަ މޮޅު

11 ޖެނުއަރީ 2021






އޭންހަލް މުނޯޒް ކާމިޔާބުކޮށްދިން ގޯލާއެކު ސީިޒަންގެ ފުރަތަމަ މޮޅު ކްލަބް ގްރީން ސްޓްރީޓްއިން ހޯދައިފި އެވެ. މެޗުގެ ހަމައެކަނި ގޯލް ފެނިގެންދިޔައީ މެޗުގެ 13 ވަނަ މިނިޓުގައެވެ. 

މިސްރު މިޑްފިލްޑަރި ހަލިލް ގަމާލް ހުސްކޮށްލާފައި ފަހަތުން ކުޅުނު ބޯޅަ ހޯދައިގެން ގޮސް އޭންހަލް ގޯލުގެ ތެރެއަށ ބޯޅަވައްދާލީ ކީޕަރު ކާރިން ނައްޓާލުމަށްފަހު އެވެ. 

ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ގްރީންގެ ޔާނުއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ  ގްރާންޑޭ ކީޕަރު އިޔާން ވަނީ މަތަކޮށްފަ އެވެ. 

ދެވަނަ ހާފު ފަށައިގެން މާގިނަ އިރުތަކެއް ނުވެ ގްރާންޑޭއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ޝިފާން ހަސަން ފޮނުވާލި ބޯޅަ ޖެހުނީ ދަނޑީގަ އެވެ. މެޗުގެ 59 ވަނަ މިނިޓުގައި ޔަޝްފާދް ހަބީބް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒިވީ އަނެއްކާވެސް ގޯލުގެ ދަނޑިއަށެވެ. 

މެޗުގެ ދެވަނަ ހާފުގެ ގިނަ ވަގުތު ގްރާންޑޭއިން ބޯޅަ ކޮންޓްރޯލްކޮށް ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބ ވާގޮތެއްނުވި އެވެ. މެޗުގެ ފަހު 15 ވަރަކަށް މިނިޓު ގްރީން ސްޓްރީޓްއިން މެޗު ލަސްކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. 



Leave a Comment:

Comments will be published after moderation.