News

ދަ ގްރާންޑޭ އަތުން ފަހުވަގުތު އީގަލްސް ބަލި ނުވެ ސަލާމަތް ވެއްޖެ

25 ޑިސެންބަރު 2020






ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހުކުރު ދުވަހު ހަވީރު ދަ ގްރާންޑޭ އާއި އީގަލްސް ބައްދަލުކުރިމެޗުން އެންމެ ފަހުވަގުތު ބަލިނުވެ އީގަލްސް ސަލާމަތް ވެއްޖެއެވެ. 


ގަލޮޅުދަނޑިގައި ކުޅުުނު މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރު ވެގެންނެވެ. ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ފެނިގެން ދޔައީ ދާދި ހަމަ ހަމަ ކުޅުމެކެވެ. 


މެޗްގެ ދެވަނަ ހާފުގައި އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މެޗުގެ 59 ވަނަ މިމެޓުގައި ދަ ގްރާންޑޭއިން ވަނީ މެޗްގެ ލީޑް ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ސަހާއު އެވެ. 


ދަ ގްރާންޑޭއިންލީޑު ނެގުމާއި އެކު އީގަލްސްއިން ލަނޑެއްޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗް ނިމެން 4 މިނެޓަށް ވެފައިވަނިކޮށެވެ. އީގަލްސް ބަލިނުވެ ސަލާމަތް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުނަރުވެރި ކުޅުންތެރިޔާ އަހްމަދު ރިޒްވާން(ރިޒޭ) އެވެ. މިއަދުގެ މެޗް ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ.


 މެޗްގައި 17 ކޯނަރު ނަގާފައިވާއިރު އޭގެތެރެއިން 15 ކޯނަރު ނަގައިފައިވަނީ އީގަލްސްއިންނެވެ. ފަހު ހާފް މުޅިންހެން ޑޮމިނޭޓް ކުރަމުން ދިޔައީ އީގަލްސްއިންނެވެ. އީގަލްސް އިން 17 ބޯޅަ ގޯލަށް ފޮނޮވާލާފައިވާއިރު ގޯލަށް ނުރައްކާ ކޮށް ހަތް ހަމަލާވަނީފޮނޮވާލާފައެވެ. ދަ ގްރާންޑޭއިން އަށް ހަމަލާ ގޯލަށް ފޮނޮވާލާފައިވާއިރު އޭގެތެރެއިން ގޯލަށް ނުރައްކާވާގޮތަށް ފޮނޮވާލެވިފައިވަނީ ފަސް ހަމަލާއެވެ.


މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އީގަލްސްގެ އަހްމަދު ނޫމާން އެވެ. ނޫމާން ވަނީ އީގަލްސް ބަލި ނުވެ ސަލާމަތް ވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. 

Club Eagles da grande Dhivehi Premier League

Leave a Comment:

Comments will be published after moderation.