News

ނިއުއަށް އަލްވަދާއު ކިޔުމަށްފަހު ލިލީ މާޒިޔާއަށް

9 މާރިޗު 2019






ނިއުގެ ފަހަތަށް ކުޅެމުން އައި ތަޖުރިބާކާރު އަހްމަދު އަބްދުﷲ މާޒިޔާއަށް ސޮއިކޮށްފިއެވެ.

2009ވަނަ އަހަރު ސީނިއަރ ކެރިއަރ ނިއު ރޭޑިއަންޓްއިން ފެށި ލިލީއަކީ އެ ޓީމަށް މެދުނުކެނޑި 2015ވަނަ އަހަރާ ހަމައަށް ކުޅެފައެވެ. 2016ވަނަ އަހަރު ޓީސީއަށް ކުޅުމަށްފަހު އަލުން އެނބުރި ނިއުއަށް 2017ވަނަ އަހަރު ލިލީ ބަދަލުވިއެވެ. ނިއުއާއެކީ އޭނާވަނީ ރާއްޖޭގައި ނެގޭ ހުރިހާ ތަށްޓެއް ނަގައިދީފައެވެ. އިސްކޮޅުން ދިގު، ޅ.ހިންނަވަރަށް އުފަން މި ކުޅުންތެރިޔާއަކީ ސެޓްޕީސްތަކުގައި އިދިކޮޅު ޓީމަށް ނުރައްކާ ކުޅުންތެރިއެކެވެ. މުހިންމު އެތައް މެޗެއްގައި އެފަދަ ފުރުސަތުތަކުން އޭނާވަނީ ގޯލްވެސް ކާމިޔާބުކޮށްފައެވެ.

ޤައުމީ ޓީމްގެ ކޯޗުކަމާ ޕިޓާ ސެގަޓް ހަވާލުވިފަހުން ޤައުމީ ޓީމުން ލިލީ ނުފެނުން ކަމުގައިވިޔަސް އޭނާއަކީ ޕިޓާ ހަވާލުވުމާ ހަމައަށް ޤައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ފާހަގަކޮށްލަން ޖެހޭކަމަކީ ޅ.ހިންނަވަރުގައި އޭނާ ދާދި ފަހުން އެކެޑަމީއެއް ފައްޓައިގެން ކުރިއަށް ގެންދާކަމެވެ.

ލިލީއަކީ މި ޓްރާންސްފަރ ބާޒާރުގައި މާޒިޔާއާ ގުޅުނު ހަތަރުވަނަ ކުޅުންތެރިޔާއެވެ. މާޒިޔާއިންވަނީ ނިއުއަށް ލިލީއާ އެކީ ކުޅުން ހަމްޒާ މުހައްމަދު (ހަމްޕު)، ހުސައިން ނިހާން، އަދި އިބްރާހިމް ހުސައިން ވަހީދު (އިއްބެ)ގެ ސޮއިވެސް ހޯދާފައެވެ. މީގެއިތުރުން އެ ޓީމަށް ކުރިންވެސް ކުޅެމުން އައި މުހައްމަދު އިރުފާންވަނީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާކޮށްފައެވެ.

މާޒިޔާ ދޫކޮށްފައި އެހެން ކްލަބްތަކަށް ކުޅުންތެރިން ބަދަލުވަމުންވެސް އެބަދެއެވެ. އެގޮތުން ޑަ ގްރާންޑޭއާ ޔަސްފާދު ހަބީބް (މުލަކޭ) ގުޅިފައިވާއިރު، އިސްމާއިލް އީސަ (މެސީ) ގުޅުނީ ޓީސީއާއެވެ. މީގެއިތުރުން ވަރަށްފަހުން އެ ޓީމަށް ކުޅުނު ގާސިމް ސައްމާމުވަނީ މާޒިޔާއަށް ކުޅެމުން އަންނަ އޭނާގެ ކޮއްކޮ އަލީ ސަމޫހު (ސަމުއްޓޭ)އާ ދުރަށް ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފައެވެ. މީގެއިތުރުން އެ ޓީމްގެ ކޯޗަކަށް ހުރި އިސްމާއިލް މަހްފޫޒްވެސް ވަނީ މުޅިން އަލަށް ޕްރިމިއަރ ލީގުގައި މި ސީޒަންގައި މުޅިން އަލަށް ވާދަ ކުރާ ޑަ ގޭންގްއާ ހަވާލުވެފައެވެ.

ޖޫން މަހު ޕްރިމިއަރ ލީގު މުޅިން އައު ފޯމެޓަކަށް ފެށުމަށް އެފް.އޭ.އެމްއިން ތައްޔާރުވަމުންދާއިރު، ޕްރިމިއަރ ލީގުގައި ވާދަކުރާ ކްލަބްތަކުންވެސް އަންނަނީ ފޯރިގަދަކަމާއެކު ތައްޔާރުވަމުންނެވެ. އެގޮތުން ޓްރާންސްފަރ ބާޒާރުގައި މޮޅެތި އަރާހުރި ކުޅުންތެރިން ބައެއް ޓީމްތަކުން ހޯދަމުންދާއިރު އަނެއްބައި ޓީމްތަކުން ޔޫތު މުބާރާތުގައި ވިދާލި ތަރިން ހޯދުމުގެ ރޭހުގައި ވަނީ ކާމިޔާބީ ހޯދާފައެވެ. މިއީ މިއަންނަ ސީޒަން ފޯރިގަދަވެގެންދާނެ އެއްސަބަބު ކަމަށްވެސް ބެލެވެއެވެ. މީގެ އިތުރުން ސަސްޕެންގައިވާ ނިއު ރޭޑިއަންޓް ދޫކޮށް އެތައް ކުޅުންތެރިންނެއް އެހެން ޓީމްތަކަށް ސޮއިކުރަމުން ދާކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި ނިއުއަށް ކުޅެމުން އައި ކުޅުންތެރިންނަށް އޮތް ޝައުގު ބޮޑުކަންވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ ސީޒަން ދެވަނައިގައި އޮވެ ނިއު ނިންމާލިކަމީ އެ ޓީމްގެ ކުޅުންތެރިން ހޯދުމަށް އެކި ޓީމްތަކުން މަސައްކަތްކުރާ މައިގަނޑު އެއް ސަބަބެވެ.

ފޮޓޯ: ފޭސްުކް/މާޒިޔާ ސްޕޯޓްސް އެންޑް އާރް.ސީ

Dhivehi Premier League Maziya Sports and Recreation Club New Radiant Sports Club

Leave a Comment:

Comments will be published after moderation.