News

ޓީމަށް ދިމާވެފައިވާ މައްސަލައަކީ ސްޓްރައިކަރުގެ ގޮތުގައި ޓީމުގައި ހިމެނި ދެކުޅުންތެރިން އިންޖަރީވުން: ކޯޗް މުހައްމަދު

19 ޑިސެންބަރު 2020






ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ ކުޅުނު ދެމެޗުންވެސް ނާކާމިޔާބުވުމުގެ އެންމެ ބޮޑު މައްސަލަ އަކީ އެޓީމުގެ ސްޓްރައިކަރުގެ ގޮތުގައި ޓީމުގައި ހިމެނި ދެކުޅުންތެރިންނަށް އަނިޔާވެ ކުޅުމާއި ދުރަށް ދާން ޖެހުން ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗް މުހައްމަދު އާދަމް ބުނެފިއެެވެ. 

މިއަދު ހަވީރު ޔޫވީ އާއި ކްލަބް ވެލެންސިއާ ބައްދަލު ކުރި މެޗް 4-0 ގެ  ނަތީޖާ އަކުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނީ އެޓީމު ފަރިތަކުރަމުންދިޔައީ ދެސްޓްރައިކަރުން ބޭނުންކޮށްގެން ކަމަށާއި ނަމަވެސް މުބާރާތާއި ހަމަ އަށް އައި އިރު ދެމީހުން ވެސް އުޅެނީ އިންޖަރީ ގައި ކަމަށެވެ. އެހެން ކަމުން މުބާރާތުގައި ރަނގަޅު ހިސާބަކަށް ދާން ބޭނުންނަމަ މިހާރު ކުޅޭ ފޯމެޓް ބަދަލުކުރަން މަޖުބޫރު ކަމަށެވެ. 


ކޯޗް މުހައްމަދު ބުނީ  އުންމީދު ކުރީ މިއަދުގެ މެޗުގައި އެޓީމުގެ ބޭރު ސްޓްރައިކަރަށް ކުޅެވޭނެ ކަމަށާއި ނަމަވެސް މިއަދުގެ މެޗަށްވެސް އޭނަ ފިޓް ނުވުމުގެ ސަބަބުން ކުޅެންޖެހުނީ މިޑްފީލްޑަށް ނޫނީ އަރިމައްޗަށް ކުޅޭ ކުޅުންތެރިއެއް ކުރިއަށް ލައިގެން ކަމަށެވެ. ކޯޗް ބުނީ މިހާރު ޓީމު އޮތީ ނުބައި ފައްތަރެއްގައި ކަމަށެވެ. "މުބާރާތުގައި އަހަރެމެން ކިރިޔާވެސް   ކާމިޔާބެއް ހޯދަން ބޭނުމިއްޔާ އަހެރެމެން ކުޅޭ ފޯމޭޝަން އެބަ ޖެހޭ ބަދަލު ކުރަން . މީގެ ކުރީގަ އަހަރެމެން ބަލަމުން އައީ ޕާސިން ގޭމެއް ކުޅެވޭތޯ . ދެން އެއީ އަހަރެމެންގެ ތިބި ކުޅުންތެރިންނަށް ބަލާފަ އަހަރެމެންގެ ހުރި ރަނގަޅު ސްޓްރައިކަރެއް. ޕްރީ ސީޒަންގައި އެވޯކް ކުރީމ. އެކަމަކު މުބާރާތް ފެށުނުތަނާ އެމީހުން އިންޖަރީވީމަ އެމީހުން ބޭނުން ނުކުރެވި ކޮންމެ ދުވަހަކުވެސް ކުރީކޮޅު ވަރަށް ރަނގަޅަށް ކުޅެފަ ލިބޭ ޗާންސްތައް ނުނިންމިގެން މިދިޔައީ" ކޯޗް ބުންޏެވެ. 


ކޯޗްބުނީ ޓީމުގައި ހިމަނާފައިވަނީ ސްޓްރައިކަރުންގެ ގޮތުގައި ދިވެއްސަކާއި ބޭރު މީހަކާއި ދެމީހުން ކަމަށެވެ. ދެމީހުންވެސް އިންރީ ކަމަށެވެ. ދެން ޓީމުގައި އެމަގާމަށް ކުޅެން ހުރީ ވަރަށް ޒުވާން ތަޖުރިބާ މަދު ކުޅުންތެރިޔެއްކަމަށެވެ. އެހެންކަމުން އަދި އެކުއްޖާ އަށް މިކަހަލަ ޕްރެޝާ މެޗެއް ކުޅެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ކޯޗް ބުނީ ޓީމުގެ ޑިފެންސް ލައިނާއި މެދު ވަރަށް ކަންބޮޑުވާކަމަށާއި މިހާރު ބޭނުން ކުރަމުން ދަނީ ފައިނަލް ޑިފެންސްލައިނެއް ނޫންކަމަށެވެ. ނަމަވެސް ދެން އަންނަ މެޗަށް ނިކުންނާނީ ވަރުގަދަ ޑިފެންސްލައިނަކާއި އެކު ކަމަށް ކޯޗް ބުންޏެވެ. 


ކޯޗްބުނީ މިއަދުގެ މެޗުގައި ވެސް ޓީމުގެ ގިނަ ޑިޕާޓްމަންޓްތަކެއް ބަލިކަށިވެފައި އޮތުމުން އިރުޝާދު ދިނީ ބައިކޮޅަށް ވަންނަ ލަނޑުތައް މަދު ކުރުމަށް މަސައްކަތް ކުރުމަށެވެ. ނަމަވެސް މިއަދު މެޗްގައި ވެސް އިދިކޮޅު ޓީމުގައި ކުރިޔަށް ކުޅެންތިބީ އެމަގާމަށް ކުޅޭ އެންމެ ވަރުގަދަ ދެމީހުން ކަމުން ގިނަ ގޯލްތަކެއް ޔޫވީ ކޮޅަށް ވަން ކަމަށެވެ. ލީގުގައި މިހާރު ދެ މެޗް ޔޫވީން ކުޅެފައިވާއިރު އެޓީމުކޮށްވަނީ 8 ގޯލު ވަދެފައެވެ. އެއީ އެންމެ ފުރަތަމަ މެޗުގައި މާޒިޔާ އިން އެޓީމު ކޮޅަށް ޖެހި 4 ގޯލާއި މިއަދު ވެލެންސިއާއިން ޖެހި 4 ގޯލެވެ. ޔޫވީން ކުޅުނު ދެމެޗުގައި ވެސް އެޓީމަށް ގޯލެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. 

މިއަހަރުގެ ސީޒަނަށް ޔޫވީން ވަނީ މަޝްހޫރު ބައެއް ކުޅުންތެރިން އެޓީމަށް ގެންގޮސްފައެވެ. އެގޮތުން މުހައްމަދު އާރިފް(ބަކާ)ގެ އިތުރުން އިސްމާއިލް އީސަ (މެސީ) ފާހަގަ ކޮށްލެވެއެވެ.  

Dhivehi Premier League DPL2019-20 United Victory

Leave a Comment:

Comments will be published after moderation.