News

ދަ ގްރާންޑޭ އަތުން ޓީސީ ބަލިވެއްޖެ

14 ޑިސެންބަރު 2020






މިއަދު ހަވީރު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ޓީސީ ސްޕޯޓްސް ކްލަބު ބައްދަލު ކުރި މެޗު ދަ ގްރާންޑޭ އިން ކާމިޔާބުކޮށްފި އެވެ. 


ދަ ގްރާންޑޭ އިން ފަސޭހަކަމާއި އެކު ޓީސީގެ މައްޗަށް ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.


 މެޗުގެ 30ވަނަ މިނިޓްގައި ދަ ގްރާންޑޭއަށް ލީޑު ނަގާނެ ,ރަނުގެ ފުރުސަތު ލިބުނު ނަމަވެސް ގާސިމް ސައްމާމް ފޮނުވާލި ބޯޅަ ޓީސީގެ ބިދޭސީ ކީޕަރު މަމަދޯވް ވަނީ މަތަކޮށްފަ އެވެ. އެއީ ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ޔޮގެންދްރަން އޭރިއާ ތެރެއިން ދަ ގްރާންޑޭގެ ފޯވާޑް ހައިދަރޯވްއަށް ފައުލް ކުރުމާއި ގުޅިގެން ދަ ގްރާންޑޭއަށް ލިބުނު ޕެނަލްޓީއެކެވެ. 


އޭގެ ފަހުން މެޗުގެ 36 ވަނަ މިނިޓްގައި ދަ ގްރާންޑޭއަށް ލީޑް ނަގައިދިނީ ހައިދަރޯވް ދިން ޕާހަކުން ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) އެވެ.  ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދަ ގްރާންޑޭއިން ވަނީ 2 ވަނަ ލަނޑު ޖަހާ ލީޑް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ  އިބްރާހިމް ނޫރައްދީނެވެ. 


ދަ ގްރާންޑޭއަށް ތިންވަނަ ލަނޑު ޖަހައިދިނީ މެޗު ނިމެން ކައިރިވެފައިވަނިކޮށް ލިބުނު ޕެނަލްޓީއަކުން ހައިދަރޯވް އެވެ. މިއީ ޓީސީގެ ކީޕަރު ހައިދަރޯވްއަށް ކުރި ފައުލަކުން އޭނާއަށް ލިބުނު ޕެނަލްޓީއެކެވެ. 


da grande TC Sports Club

Leave a Comment:

Comments will be published after moderation.