News
ޓީސީ އާއި ދަ ގްރާންޑޭގެ ކުރިމަތިލުން މިއަދު، ޓީސީ އަށް ފަސޭހަވާނެބާ؟
14 ޑިސެންބަރު 2020
މިހާރު ކުރިޔަށްދާ ދިރާގު ދިވެހި ޕްރިމިއާ
ލީގުގައި ދަ ގްރާންޑޭ އާއި ޓީސީ ސްޕޯޓްސް ކުލަބު ކުޅޭ ފުރަތަމަ މެޗަށް ނިކުންނަ އިރު
ޓީސީއަށް އެއްވެސް މެޗެއް ފަސޭހައެއް ނުވާނެ ކަމަށް ޓީސީގެ ކޯޗު
މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.
ޓީސީން ގިނަ ޒުވާން ކުޅުންތެރިންތަކެއް
ލައިގެން މިއަހަރުގެ ސީޒަނަށް ނިކުންނައިރު ޓީސީގެ މެނޭޖުމެންޓްގައި ހަމަނުހެޖޭ
އެތައް ކަމެއް އެބަހުރި ކަމަށާއި، މެނޭޖްމެންޓުން ޒުވާން ސްކޮޑަކާއި އެކު މި
ސީޒަނާއި ކުރިމަތިކާން ބޭނުންވި ނަމަވެސް ޒުވާން ކުޅުންތެރިންނާއި އެކު ނުކުތުމަކީ
ވަރަށް ބޮޑު ޗެލެންޖެއް ކަމަށް ޝާޒް ބުންޏެވެ.
އަދި މިއަދުގެ މެޗުގައި ޓީސީން ކުޅެން
ނިކުންނަ ދަ ގްރާންޑޭ އަކީ މިދިޔަ ސީޒަނަށްވުރެ މި ސީޒަނުގައި ވަރުގަދަވާނެ ޓީމެއް
ކަމަށާއި އެހެން މެޗުތައްވެސް ޓީސީއަށް
ފަސޭހަ ނުވާނެ ކަމަށް ދެކޭކަމަށް ކޯޗް ބުންޏެވެ.

ދަ ގްރާންޑޭގެ ކޯޗް އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއަދުގެ މެޗުގައި އެޓީމާ ދެކޮޅަށް ނިކުންނަ ޓީސީ އަކީ ރާއްޖޭގައި އޮތް އެންމެ މޮޅު އެއް ޓީމު ކަމަށާއި، އެޓީމާއި ދެކޮޅަށް ނިކުންނާނީ ރާއްޖޭގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި ދެކިގެން ކަމަށެވެ. ޓީސީގައި ޒުވާން ކުޅުންތެރިން ގިނަ ނަމަވެސް ޓީމެއްގެ ގޮތުގައި ނިކުންނަ އރު ކުރީގެ ފެންވަރުގައި އެޓީމު ފެންނާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ދަ ގްރާންޑޭއިން ނިކުންނާއީ އެ ވިސްނުމުގައި ކަމަށް އިންމަ ފާހަގަ ކުރިއެވެ.
މި ސީޒަނާއި ދަ ގްރާންޑޭއިން ކުރިމަތިލި އިރު މިއަދާހަމައަށްވެސް މަސައްކަތް ކުރަމުން އައީ ޓީމުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށާއި އެހެން ޓީމުތަކުގެ ހާލަތާއިމެދު އަދި ނުވިސްނާ ކަމަށްވެސް އިންމަ ބުންޏެވެ.
ދަ ގްރާންޑޭ އާއި ޓީސީ ބައްދަލު ކުރާމެޗު މިއަދު ހަވިރު ޕީއެސްއެމްގެ ޔޭސް ޓީވީން ލައިވްކޮށް ދައްކާނެއެވެ. މި މެޗަށްފަހު މިރޭ ޕްރިމިއާ ލީގުގައި ވާދަކުރާނީ ކްލަބް ވެލެންސިއާ އާއި ކްލަބް ގްރީން ސްޓްރީޓް އެވެ.