News
ކްލަބް ވެލެންސިއާގެ ކެޕްޓަންކަން ދަގަނޑޭއަށް، ވައިސް ކެޕްޓަންކަން އަކޫއަށް
13 ޑިސެންބަރު 2020
ކްލަބް ވެލެންސިއާ އިން މި ސީޒަނުގައި ކެޕްޓަންކަން ކުރާނީ އަލީ އަޝްފާގް (ދަގަނޑޭ) ކަމަށް އެކުލަބުން ބުނެފިއެވެ. އެ ކްލަބުގެ ވައިސް ކެޕްޓަން ކަމަށް ހަމަޖައްސާފައިވަނީ އަކްރަމް އަބްދުލްޣަނީ (އަކޫ) އެވެ.
މީ ދެކުޅުންތެރިންނަކީ ކުރިންވެސް ވެލެންސިއާއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައިވާ ދެކުޅުންތެރިންނެވެ.
މިއަދު ފަށާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ވެެލެންސިއާ ކުޅެން ޖެހޭ ފުރަތަމަ މެޗު އޮންނާނީ މާދަމާ ރެއެވެ. މާދަމާ ރޭ 21:00 ގައި ވެލެންސިއާއިން ނިކުންނާނީ ކްލަބް ގްރީން ސްޓްރީޓާއި ދެކޮޅަށެވެ.
މި ސީޒަނުގައި ދަގަނޑޭ އާއި އަކޫގެ އިތުރުން ކްލަބް ވެލެންސިއާއިން ވަނީ ކުރީގެ ކުޅުންތެރިންގެ ތެރެއިން އަލީ ފާސިރު (ސެންޓޭ)ވެސް އަނބުރާ އެ ކުލަބަށް ގެ ްގޮސްފައެވެ.