News

ކްލަބް ގްރީން ސްޓްރީޓްގެ ކެޕްޓަން ކަން ރިލޭއަށް، ވައިސް ކެޕްޓަންކަން ސާއިފް އަށް

8 ޑިސެންބަރު 2020






މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްގެ ކެޕްޓަންކަން ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އަށް ދީފިއެވެ.

އަދި އެ ކުލަބުގެ ވައިސް ކެޕްޓަންކަން ހަވާލުކޮށްފައިވަނީ  މުހައްމަދު ސާއިފް އަށެވެ. ރިލޭއަށް ކެޕްޓަންކަން ހަވާލުކޮށްފައިވަނީ މިދިޔަ ސީޒަނުގައި އެ ކުލަބުގެ ކެޕްޓަން ކަން ކުރި  އަލީ އަޝްފާގް (ދަގަނޑޭ) އެކްލަބު ދޫކޮށް އާ ސީޒަނަށް ކުލަބު ވެލެންސިއާ އަށް ދިއުމާއި ގުޅިގެންނެވެ. 

ރިލޭ އަކީ ގްރީން ސްޓްރީޓްސްގެ އެންމެ ސީނިއާ ކުޅުންތެރިންގެ ތެރެއިން ތަޖްރިބާކާރު ކުޅުންތެރިއެކެވެ. އޭނާ ވަނީ މާޒިޔާ ނިއުރޭޑިއަންޓް އަދި ވިކްޓްރީ އަށްވެސް ކުޅެފައެވެ. އަދި ގައުމީ ޓީމުގައި ވެސް ހިމެނުނެވެ. 

ކޮވިޑްގެ ފަހުން ގްރީން ސްޓްރީޓުން ފަރިތަކުރުންތައް ފެށިފަހުން ރިލޭ އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. ރިލޭ އާއި ސާއިފް  އަކީވެސް ލީގުގެ ގިނަ މެޗުތަކެއް ކުޅެ ތަޖްރިބާ ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.  


Leave a Comment:

Comments will be published after moderation.