News

އިންޓަރ ސްކޫލް: ގަދަބާރެއްގެ ގޮތުގައި ކުއާޓާއަށް ހިރިޔާ

9 މާރިޗު 2019






މިއަދު ހަވީރު މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ދަރުމަވަންތަ އަދި ހިރިޔާ ބައްދަލުކުރި މެޗު ހިރިޔާއިން ބޮޑު ތަފާތަކުން ކާމިޔާބުކޮށްފިއެވެ.

މިމެޗަށް ދެޓީމް ނިކުތްއިރު ދެޓީމްވެސް އޮތީ ކުރިން ކުޅުން ދެމެޗުން މޮޅުވެ ކުއާޓަރގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ދެ ޓީމް ކޮޅަށްވެސް މިމެޗަށް ނިކުތްއިރު ވަދެފައިވަނީ އެންމެ ގޯލެކެވެ. މެޗު ފަށައިގެން 15ވަނަ މިޏިޓުގައި ހިރިޔާގެ އިސްމާއިލް އިކާން ބިން އަލީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިނެވެ. ހަމަ އެ ކުޅުންތެރިޔާ ހާފެގެ އެންމެ ފަހު މިނިޓުގައި އިތުރު ލަނޑެއްކާމިޔާބު ކޮށްދީ ލީޑު ދެ ގޯލަށް އިތުރު ކުރިއެވެ. އޭގެ މިނެޓެއްފަހުން ހިރިޔާގެ އައިހަމް ހަމްދޫންގެ ހަމަލާ ގޯލަށްވަނުމުން ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-3 ގެ ނަތީޖާއަކުން ހިރިޔާ ކުރީގައި އޮވެގެންނެވެ.

ކުޅުން ރަނގަޅުކޮށް އެއްވަރުކުރަން އަމާޒު ކަނޑައަޅައިގެން ނިކުތް ދަރުމަވަންތަ ޓީމަށް ދިމާވީ އިތުރު ގޮންޖެހުމެކެވެ. އިތުރަށް ވަރުގަދަކޮށް ހިރިޔާ ދެވަނަ ހާފް ފަށާ މުހައްމަދު އަދްޔަން ނިޔާޒް 40ވަނަ މިނިޓުގައި ލަނޑެއް ކާމިޔާބު ކޮށްދިނެވެ. އޭގެ އަށް މިނިޓު ފަހުން އޭނާ އިތުރު ލަނޑެއް ކާމިޔާބު ކުރިއެވެ. އަދި 51ވަނަ މިނިޓުގައި އޭނާގެ ހެޓްޓްރިކް ފުރިހަމަކުރިއެވެ. މެޗުގެ 58ވަނަ މިނިޓުގައި ފުރަތަމަ ހާފް ނިމެންދަނިކޮށް ލަނޑު ކާމިޔާބު ކޮށްދިން އައިހަމް ހަމްދޫން އިތުރު ލަނޑެއް ކާމިޔާދުކުރިއެވެ. އަދި ވަރުބަލިވެފައިވާ ދަރުމަވަންތަ ފަޅިއަށް އެންމެ ފަހުގެ ހަމަލާދީ ކާމިޔާބު ކޮށްލީ ހިރިޔާގެ ޖަރޒީ ނުމްބަރ 13، އިބްރާހިމް ނަސީހް ހުސައިންއެވެ. މުޅިއަކު އަށް ލަނޑު މިމެޗުގައި ހިރިޔާއިން ޖެހިއިރު އެންމެ ގޯލެއްވެސް އެ ޓީމްކޮޅަށް ވަދުނަ ދީފައެއްނުވެއެވެ.

އެންމެ ގޯލެއް ހިރިޔާ ކޮޅަށް ވަދެފައިވާއިރު އެ ޓިމުންވަނީ މުޅިއަކު ވިހި ލަނޑު ގްރޫޕް ސްޓޭޖްގައި ޖަހާފައެވެ. ހުރިހާ މެޗަކުން މޮޅުވެގެން 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގެ ގޮތުގައި ހިރިޔާ ކުއާޓަރއަށް ދަތުރުކުރިއިރު ދަރުމަވަންތަ ކުއާޓަރއަށް ދަތުރުކޮށްފައިމިވަނީ ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. ނަމަވެސް 0 ގޯލް ތަފާތާއެކުގައެވެ. ސަބަބަކީ ފަހު މެޗަށް ނިކުތްއިރު އެ ޓީމް ހިފަހައްޓަމުން އައި 8 ގޯލްގެ ތަފާތު، ހިރިޔާއިން 8 ގޯލްޖަހާ ސުމަކަށް ހެދުމުންނެވެ. 9 ގޯލް ދަރުމަވަންތަ ކޮޅަށް ގްރޫޕް ސްޓޭޖުގައި ވަދެފައިވާއިރު އެ ޓީމް ޖަހައިފައިވަނީވެސް 9 ގޯލެވެ.

ގްރޫޕް ބީގެ ފަހު މެޗު މާ ފޯރިގަދަވާނެކަމަކަށް ނުބެލެވެއެވެ. ސަބަބަކީ އެމެޗުގައި ވާދަކުރާ ދެ ޓީމް ކަމަށްވާ ކަލާފާނު އަދި ކ.ގުޅީ ސްކޫލްވެސް މުބާރާތުން ކަޓާފައިވާތީއެވެ. ނަމަވެސް މާދަމާ ގްރޫޕް ސީގައި އޮތް ގަދަހިފުންތަކަކީ ބަލާނުލާ ދޫކޮށްލެވެން އޮތް މެޗުތަކެއް ނޫނެވެ.

ފޮޓޯ: އިމޭޖަސް.އެމްވީ

Inter School Football

Leave a Comment:

Comments will be published after moderation.