News
ޗެރިޓީ ޝީލްޑް މެޗުގެ ރެޕްރީއަކަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ރެފްރީ ވިކްޓަ ކަސާއީ
7 ޑިސެންބަރު 2020
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން މިމަހުގެ 8 ވަނަ ދުވަހު ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގެ ރެފްރީއަކަށް ހަމަޖައްސާފައިވަނީ 2011 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ރެފްރީ ވިކްޓަ ކަސާއީ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗެމްޕިއަންސް ލީގުގައި 2011 ވަނަ އަހަރު ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޑެޓްގެ ފައިނަލް މެޗުގެ ރެފްރީ ރާއްޖޭގެ ޗެރިޓީ ޝީލްޑް މެޗުގެ ރެފްރީކަމަށް ހަމަޖައްސާފައިވާ ކަމަށް އިއުލާނު ކުރާ ކަމަށެވެ.
އުމުރުން 45 އަހަރުގެ ވިކްޓަ އަކީ ހަންގޭރީގެ އޮފިޝަލެކެވެ. އަދިއޭނާ އަކީ ރަޝިއަން ފުޓްބޯލް ޔޫނިއަންގެ ރެފްރީ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާއެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ފީފާ
ވޯލްޑް ކަޕްގެ ރެފްރީންގެ ތެރޭގައިވެސް ހިމެނިފައެވެ.
ރެފްރީ ވިކްޓަ ރާއްޖެ އައިސްފައިވާއިރު ޗެރިޓީ ޝީލްޑް މެޗުގައި ބައްދަލު ކުރާނީ ރާއްޖޭގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ދިވެހި ލީގުގެ ރަނަރަޕް
ކްލަބް އީގަލްސް އެވެ. މި މެޗަކީ
ސީޒަން ހުޅުވާ މެޗެވެ. އެއަށްފަހު ދިރާގު ދިވެހި ލީގު ފަށާނީ މިމަހުގެ 13 ގައެވެ.
ލީގަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޓީމުތަކުންވެސް އަންނަނީ ފަރިތަކުރުންތައް
ބާއްވަމުންނެވެ.