News
މިސީޒަނުގައިވެސް މާޒިޔާގެ ކެޕްޓަންކަން އައްސަދުﷲއަށް
6 ޑިސެންބަރު 2020
އަންނަ ސީޒަނަށް މާޒިޔާގެ ކެޕްޓަން ބޭންޑް އަޅާނީ އައްސަދުﷲ އަބުދުﷲ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ބުނެފިއެވެ.
އެކުލަބުން މިއަދު ބުނީ 2020/2021 އަށް އެޓީމުގެ ކެޕްޓަނަކަށް އައްސަދުﷲ ހަމަޖައްސާ ވައިސް ކެޕްޓަންކަން މުހައްމަދު އިރުފާން (އިރޭ) ހަސަން ސިފާން (ޑުންގާ) ސަމޫހް އަލީ (ސަމުއްތޭ) އަދި މުހައްމަދު އުމެއިރު އަށް ދީފައިވާ ކަމަށެވެ.
އައްސަދުﷲ އަކީ މިދިޔަ ސީޒަނުގައި މާޒިޔާގެ ކެޕްޓަނެވެ. މިއީ އޭނާ މާޒިޔާގެ ކެޕްޓަންކަން ކުރާ 7 ވަނަ ސީޒަނެވެ.
މާޒިޔާއިން ބުނީ ކެޕްޓަން އާއި ވައިސް ކެޕްޓަންކަމަށް ހަމަޖެއްސި ކުޅުންތެރިންނަށް އެކަމުގެ ލިޔުން ހަވާލުކުރި މިއަދު ހެނދުނު އޮތް ޕްރެކްޓިސް އަށް ފަހު ކަމަށެވެ.