News

އަންނަ ސީޒަނުގައި މެސީ ޕީއެސްޖީން ފެނިދާނެބާ؟

5 ޑިސެންބަރު 2020






އަންނަ އަހަރު އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ގެންދިއުމަށް ޕީއެސްޖީން މަސައްކަތް ކުރަމުންދާކަމަށް ބައެއް މީޑިއާތަކުން ބުނެފިއެވެ. 

މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުން 2-8 ޖޫން ބަޔާން މިއުނިކް އަތުން ބަލިވި މެޗަށްފަހު ލީގުން ކެޓުމާއި ގުޅިގެން މެސީ ވަނީ އެ ކުލަބު ދޫކޮށް ދާން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ޓްރާންސްފާ ބާޒާރުގައި މެސީއަށް ހިލޭ ކްލަބު ދޫކޮށްލެވެން ނެތުމުންނާއި ކޮވިޑްގެ ހާލަތުގައި ބޮޑު ހޭދައެއް ކޮށްގެން މެސީ ގެންދަން އެއްވެސް ކްލަބަކުން ބޭނުން ނުވުމުގެ ސަބަބުން މެސީއަށް ޖެހުނީ ބާސާގައި މަޑުކުރާށެވެ. އެހެންނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން އޭރު ވެސް މެސީ ގެންދިއުމަށް ބާސާގެ ކުރީގެ ތަރި ނޭމާ އާއި ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރ ލިއޮނާޑޯ ވަނީ މަޝްވަރާ ކޮށްފައެވެ. އަދި އޭރުން ފެށިގެން ޕީއެސްޖީން މެސީއަށް ޝައުގުވެރިވި ފަދައިން އަދިވެސް އެކުލަބުން މެސީ އާއި މެދު ޝައުގުވެރިކަން އެބަހުރިކަމަށް  ރިޕޯޓްތައް ބުނެ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު އީއެސްޕީއެން އާއި ވާހަކަ ދައްކަމުން ޕީއެސްޖީގެ ނޭމާ ބުނީ އަނެއްކާވެސް މެސީ އާއި އެކު އެއް ޓީމަކަށް ކުޅެން ބޭނުންވާ ކަމަށާއި އަންނަ ސީޒަނުގައި ހަމަހަގީގަތުގައި ވެސް އެކަން ކުރަން ބޭނުންވާ ކަމަށެވެ. 

މެސީއަށް ބާސާ ދޫކޮށް ދެވޭނީ އަންނަ ހޫނު މޫސުމުގައެވެ. އޭގެ ކުރިން ބާސާ ދޫކޮށްލުމުގެ ފުރުސަތު ނެތްނަމަ ވެސް އަންނަ ޖެނުއަރީ 1 ން ފެށިގެން މެސީ އަށް  އެހެން ކުލަބްތަކާއެކު މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ފީއެސްޖީގެ ރައީސް ނަސީރު އަލް ހެލައިފީ ވިދާޅުވީ މިވަގުތު މެސީ އާއި ގުޅޭ ގޮތުން އަދި އެއްޗެއް ބުނެވެން ނެތް ކަމަށެވެ.  ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން އެންމެ އިސްކަންދޭނީ އަންނަ ސީޒަނަށް ނޭމާ އާއި އެމްބާޕޭގެ ކޮންޓްރެކްޓް އާކޮށް އެ ދެކުޅުންތެރިން ކުލަބުގައި މަޑުކުރުވުމަށެވެ. 

މެސީ ޕީއެސްޖީއަށް ގެންދާނަމަ އޭނާގެ މުސާރަ ހަމަޖައްސާނެ ގޮތެއްވެސް އެ ކުލަބުން ބަލަންޖެހޭނެއެވެ. މެސީއަށް ބާސާގައި އަހަރަކު 60 މިލިއަން ޕައުންޑް ލިބޭއިރު ނޭމާއަށް ޕީއެސްޖީން ދެނީ އަހަރަކަށް 36 މިލިއަން ޕައުންޑެވެ. އަދި އެމްބާޕޭއަށް އަހަރަކަށް ލިބެނީ 20 މިލިއަނެވެ. 



Leave a Comment:

Comments will be published after moderation.