News

ނަޕޯލީ ސްޓޭޑިއަމްގެ ނަން މަރަޑޯނާގެ ނަމަށް ބަދަލުކޮށްފި

5 ޑިސެންބަރު 2020






ނަޕޯލީގެ ސްޓޭޑިއަމް ސަން ޕައުލޯގެ ނަން" ސްޓޭޑިއޯ އާމަންޑޯ ޑިއޭގޯ މަރަޑޯނާ" ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ނަޕޯލީގެ ސިޓީ ކައުންސިލުން ވަނީ މިނަން ބަލައިގެންފައެވެ. ސްޓޭޑިއަމްގެ ނަން މެރެޑޯނާގެ ނަމަށް ބަދަލު ކުރަން ހުށަހެޅީ ނަޕޯލީގެ ވެރިޔާ އައުރެލިއޯ ޑި ލޯރެންޓިސްއެވެ.

އާޖެންޓީނާގެ  އެޓޭކިން މިޑްފިލްޑަރ މަރަޑޯނާއަކީ އިޓަލީގެ ނަޕޯލީގެ ކުރީގެ ކުޅުންތެރިއެކެވެ. ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަރަޑޯނާ ވަނީ ނަޕޯލީއާއި އެކު ނަޕޯލީއާއި އެކު ހޭދަކުރި 7 އަހަރުގެ ތެރޭގައި  1987 އަދި 1990 ގައި އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. 1987ގައި ކޮޕާ އިޓާލިއާ އަދި 1989ގައި ޔުއެފާ ކަޕްގެ ނަޕޯލީއަށް ކާމިޔާބުކޮށްދިނެވެ.

މަރަޑޯނާގެ ފުޓްބޯޅައިގެ ހަޔާތުގައި އެހެން އެއްވެސް ކުލަބަކަށް ނުކުޅޭހާ ގިނަ މެޗްތައް ކުޅެދިނެވެ. އޭނާވަނީ ނަޕޯލީއަށް 188 މެޗު ކުޅެ 81 ލަނޑު ޖަހާދީފައެވެ.

މަރަޑޯނާ މަރުވީ އުމުރުން 60 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން 25 ނޮވެމްބަރުގައެވެ.  



Leave a Comment:

Comments will be published after moderation.