News

ޔުއެފާ ޗެމްޕިއަންސް ލީގު: ރޭގެ މެޗުގައި ޕީއެސްޖީން 3-1 ން ޔުނައިޓެޑް ބަލިކޮށްފި

3 ޑިސެންބަރު 2020






ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރި މެޗު 3-1 ން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.


ރޭގެ މެޗުގައި އެންމެ ފުރަތަމަ ލީޑް ނެގީ ޕީއެސްޖީންނެވެ. ޕީއެސްޖީން ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗުގެ ހަވަނަ މިނިޓްގައި ެ ނޭމާ އެވެ. ދެޓީމުންވެސް ވަރަށް ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގައި ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް 32 ވަނަ މިނިޓްގައި ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔުނައިޓެޑްގެ ފުރަތަމަ ގޯލް ކާމިޔާބުކޯށްދީނީ މާކަސް ރެޝްފޯޑެވެ.


އެހެނަމަވެސް މެޗުގެ 59 ވަނަ މިނިޓްގައި ޕީއެސްޖީގެ މާކޯނިއޯސް ވަނީ ގޯލެއް ޖަހާ ޕީއެސްޖީއަށް އަނެއްކާވެސް ލީޑް ނަގާދީފައެވެ. ޔުނައިޓެޑުން ރޭގެ މެޗުގެ ފަހުބައިގައި ކުޅުނީ އެއް ކުޅުންތެރިއެއް މަދުކޮންނެވެ. އެއީ ރޭގެ މެޗުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ޔުނައިޓެޑްގެ ފްރެޑަށް ދެވަނަ ފަހަރަށް ރީންދޫ ކާޑު ދައްކާ ރަތް ކާޑަކާއި އެކު ދަނޑުން ފޮނުވާލުމުންނެވެ. އެހެންކަމުން ޕީއެސްޖީން ވަނީ އޭގެ ފައިދާ ނަގާ މެޗުގެ އިތުރު ވަގުތުގައި 3 ވަނަ ލަނޑު ޖަހާ ޔުނައިޓެޑް ބަލިކޮށްފައެވެ. މި ލަނޑުވެސް ޖަހައިދިނީ ނޭމާއެވެ.

މިއީ ޕީއެސްޖީއަށް ޗެމްޕިއަންސް ލީގުގައި ނޭމާ ޖަހައިދިން 38 ވަނަ ގޯލެވެ.


 ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު އަނެއް މެޗުގައި ބައްދަލުކުރީ ޗެލްސީ އާއި ސެވިއްޔާއެވެ. މި މެޗުގައި 4-0 އިން ސެވިއްޔާ ބަލިކޮށް ޗެލްސީން ވަނީ ގުރޫޕް އީގެ އެއްވަނައަށް ޖެހިލާފައެވެ. މި މެޗުގައި ޗެލްސީއަށް ލަނޑުތައް ޖަހައިދިނީ އޮލިވިއާ ޖިރޫޑްއެވެ. ޑިޖޫޑް ވަނީ ރޭގެ މެޗުގައި 3 ގޯލް ޖަހާ ހެޓްރިކް ހަދާފައެވެ. އޭގެ ފަހުން 4 ވަނަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. 



Leave a Comment:

Comments will be published after moderation.