News

އިސްތިއުފާ ދޭކަށް ނުވިސްނަށް، ޓީމުގެހާލަތު ބަދަލުކުރުމުގެ ގާބިލުކަން އެބަހުރި: ޒިދާން

2 ޑިސެންބަރު 2020






ރެއާލްގެ ކޯޗު ކަމުން އިސްތިއުފާ ދޭން ނުވިސްނާ ކަމަށް  ޒިނެދިން ޒިދާން ބުނެފިއެވެ.


ރެއާލް މެޑްރިޑުގެ ކޯޗު މިހެން ބުނީ އަންގާރަދުވަހުގެރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކް އަތުން 2-0 ން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ.


މިމެޗުން ރެއާލް ބަލިވުމުން ގުރޫޕް ސްޓޭޖުން ކަޓާފާނެ ކަމުގެ ބިރު ހީވެފައިވާ މި ދަނޑިވަޅުގައި ޒިދާން ބުނީ މި ހާލަތު ބަދަލުކުރުމުގެ ގާބިލުކަން އޭނާގެ ކިބައިގައި އެބަހުރި ކަމަށާއި އިސްތިއުފާ ދިނުމަށް އެއްވެސް ވަރަކަށް އަދި ނުވިސްނާ ކަމަށެވެ.


ޒިދާން ބުނީ ކޮންމެ ޓީމަކަށްވެސް މިފަދަ އުނދަގޫ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި  މި ހާލަތުން އަރައިގަތުމަށް ހުރިހާ ކުޅުންތެރިން ވެސް ފުރިހަމަ ގާބިލުކަން ދެއްކުމަށް ހިތްވަރު ކުރާނެ ކަމަށެވެ.  އަދި ޓީމުގެ ހާލަތު ރަނގަޅުކުރުނުގެ ގާބިލު ގައި އޭނާގެ ކިބައިގައި އެބަހުރި ކަމަށެވެ. 


ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ވެސް ރެއާލް ވަނީ އަމިއްލަ ދަނޑުގައި ޝަޚްތަރާއި އެކު ކުޅުނު މެޗުން ބަލިވެފައެވެ. ޕޮއިންޓް ތާވަލަށް ބަލާއިރު ރެއާލް މިވަގުތު އޮތީ  ގުރޫޕް ބީގެ ތިން ވަނައިގައެވެ.  ގުރޫޕް ސްޓޭޖުގައި ރެއާލަށް ބާކީ އޮތީ އެންމެ މެޗެކެވެ.



Leave a Comment:

Comments will be published after moderation.