News
ޗެލްސީ އާއި ޓޮޓެންހަމް އެއްވަރު، ޓޮޓެންހަމް އަނެއްކާވެސް ތާވަލުގެ އެއްވަނަައަށް
30 ނޮވެމްބަރު 2020
އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަދުވަހުގެރޭ ޗެލްސީ
އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
މިއީ 2015 ވަނަ އަހަރަށް ފަހު މި ދެޓީމު ބައްދަލުކުރި މެޗެއްގައި ޗެލްސީ އާއި ޓޮޓެންހަމަށް ލަނޑެއް ނުޖެހި އެއްވަރުވި ފުރަތަމަ ފަހަރެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމަށްވެސް ލަނޑެއް ނުޖެހި މެޗު ނިމިގެން ދިޔައިރު ފުރަތަމަ ހާފްގައި ޗެލްސީގެ ފޯވާޑް ޓީމޯ ވާނާ ވަނީ ލަނޑެއް ޖަހާފައެވެ. އެހެންނަމަވެސް ރެފްރީ ނިންމެވީ އެއީ އޮފްސައިޑެއް ކަމަށެވެ.
ދެޓީމުންވެސް މޮޅު ކުޅުމެއް ދެއްކި މި
މެޗުގައި ޓޮޓެންހަމުންވަނީ ނުރައްކާތެރި ހަމަލާއެއް ޗެލްސީގެ ގޯލަށް ފޮނުވާފައެވެ.
އެހެންނަމަވެސް ސާޖް އޯރިއޭ ފޮނުވާލި އެބޯޅަ މަތަކުރީ ޗެލްސީގެ ކީޕަރު އެޑޮއާޑް
މެންޑީ އެވެ.
މި މެޗުން އެއްވަރުވެ އާދިއްތަ ޓޮޓެންހަމުން ވަނީކުޅުނު 10
މެޗުން 21 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައަށް އަރާފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު ސައުތެމްޓަމް އާއި ޔުނައިޓެޑް ބައްދަލުކުރި މެޗު 2-3 ން ކާމިޔާބުކުރީ ޔުނައިޓެޑުންނެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ފެނިގެން ދިޔައީ ސައުތެމްޓަންގެ ފަރާތުން މެޗުގެ 23 ވަނަ މިނިޓްގައި ޔެން ބެޑްނަރެކް އެވެ. އޭގެ 10 މިނިޓްފަހުން އަނެއްކާވެސް އެޓީމުން 2 ވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ލީޑް ފުޅާކުރި އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖޭމްސް ވޯޑް ޕްރައުޒް އެވެ.
މިނަތީޖާގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީ ކޮޅު ޔުނައިޓެޑްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އެޑިސަން ކަވާނީ ވަނީ ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ. މެޗުގެ 59 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެ ގޯލް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑެޒް އެވެ.
އަދި މެޗުގެ 74 ވަނަ މިނިޓްގައި ކަވާނީ ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. ޔުނައިޓެޑްގެ 3 ވަނަ ލަނޑު ވެސް ޖަހައިދިނީ ފޯވާޑް ކަވާނީ އެވެ. އޭނާ އެލަނޑު ޖަހާފައި ވަނީ މެޗުގެ އިތުރު ވަގުތުގައެވެ.
ފޮޓޯ: ގެޓީ