News
މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ރީތި ނަމެއް! ޝުކުރިއްޔާ ގައުމު: އަޝްފާގް
29 ނޮވެމްބަރު 2020
އޭއެފްސީ ކަޕް
ބްރެކެޓް ޗެލެންޖެގެ ފަހުރުވެރި އެއްވަނަ ހޯދާ މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލަށް
ރާއްޖޭގެ ފުޓްބޯޅަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) ގެ ގޯލް ހޮވުމާއި ގުޅިގެން އޭނާގެ
ހުރިހާ ދިވެހިންނަށް ޝުކުރު އަދާކޮށްފިއެވެ.
ސޯޝަލް މީޑީއާގައި ކޮށްފައިވާ ޕޯސްޓެއްގައި އަޝްފާގް
ބުނެފައިވަނީ "ޝުކުރިއްޔާ ގައުމު، ޝުކުރިއްޔާ ދިވެހިން". އަޝްފާގް ބުނީ
އޭނާއަށް ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްދިނުމަށް ވޯޓު ދިން ފަރާތްތަކާއި ވޯޓު
އިތުރުކޮށްދިނުމަށް އަގުހުރި ވަގުތުތައް ހޭދަކުރި އެންމެހާ ފަރާތްތަކަށް ޝުކުރު
އަދާކުރާ ކަމަށެވެ.
އަދި މިއީ ރާއްޖެއާއި ދިވެހި ފުޓްބޯޅައަށްވެސް ލިބުނު
ވަރަށް ރީތި ނަމެއް ކަމަށް އޭނާ ބުންޏެވެ. ހޮންގކޮންގގެ ފުޓްބޯޅަ ތަރި ޗަން ސިއު
ކީ އާއި ވާދަކޮށް ވޯޓުގެ 89 އިންސައްތަ ކާމިޔާބުކޮށްގެން ދަގަނޑޭވަނީ އޭއެފްސީ
ކަޕްގެ މިދިޔަ ގަރުނުގެ އެންމެ މޮޅު ސޯލޯ ގޯލް ކާމިޔާބުކޮށްފައެވެ. ދަނގަޑޭއަށް
އެއްވަނަ ލިބުނީ ދިވެހިންގެ ބުރަ މަސައްކަތުންނެވެ. ދިވެހި ސަޕޯޓަރުންވަނީ
ދަގަނޑޭއަށް ބްރެކެޓް ޗެލެންޖް ކާމިޔާބުކޮށްދިނުމަށް ރެއާއި ދުވާލު މަސައްކަތް
ކޮށް ސޯޝަލް މީޑިއާގައިވެސް ވޯޓު ހޯދުމުގެ ގޮތުން ކެމްޕޭން ކޮށްފައެވެ.
"އާބާދީގެ ގޮތުން ބޮޑެތިގައުމުތައް ފަހަތަށް
ޖައްސާލުމަށްފަހު މިއަދު ދިވެހިރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށް މިދިނީ
ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދުނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ
ބައެއް ނޫން ކަން" ކަމަށް ދަގަނޑޭ ބުންޏެވެ.