News
ސައުތް ލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް މުބާރާތް ފަށައިފި
28 ނޮވެމްބަރު 2020
ސައުތް ލިންކް ނިޔާ އެކަޑަމީީ ޕޭރެންޓްސް ފުޓްސަލް މުބާރާތް އިއްޔެ ހަވީރު މުރައިދޫގައި އިއްޔެ ފަށައިފިއެވެ. މުރައިދޫ ފުޓްސަލް ދަނޑުގައި މެޗުތައް ކުރިޔަށްގެންދާ މި މުބާރާތުގައި 6 ޓީމަކުން ވާދަ ކުރެއެވެ.
މި މުބާރާތް ފެއްޓުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހއ.އަތޮޅުގެ ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ވަހީދެވެ.
މުބާރާތް ފެއްޓުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ބައްދަލުކުރީ ލޭޑީ އީގަލްސް އާއި ބިޒީ ގާލްސް އެވެ. މި މެޗު 3-8 ލަނޑުގެ .ބޮޑުތަފާތަކުން ކާމިޔާބުކުރީ ލޭޑީ އީގަލްސް އެވެ
އިއްޔެގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިއްޔ 4 ލަނޑު ޖެހި ލަމްޝާއެވެ. ލަމްޝާގެ އިތުރުން ލޭޑީ އީގަލްސްއަށް ލަނޑުތައް ޖަހައިދިނީ އެޓީމުގެ ސާދުނާ އާއި ނުހާއެވެ. އަދި ބިޒީ ގާލްސްގެ ޝީޒާ އަތުން ބައިކޮޅަށްވެސް ލަނޑެއް ވަނެވެ. ބިޒީ ގާލްސްއަށް 2 ލަނޑު ޖަހައިދިނީ އެ ޓީމުގެ ޝަމާހާއެވެ. 3 ވަނަ ލަނޑަކީ ލޭޑީ އީގަލްސްގެ މުނީރާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ށ. މިލަންދޫ ސައުތް ލިންކެވެ.