News
ށ. ފުނަދޫ ކައުންސިލް ކަޕް: އަަަަންގާރަދުވަހުގެ ރޭ ކުޅުނު ފިރިހެން މެޗު އެއްވަރު، އަނެއް މެޗު ހޮސްޕިޓަލް މޮޅުވެއްޖެ
26 ނޮވެމްބަރު 2020
ށ. ފުނަދޫގައި ފޯރީގައި ކުރިޔަށް ފުޓްސަލް މުބާރާތް 'ކައުންސިލް ކަޕް202' ގައި އަންގާރަދުވަހުގެ ރޭ ފިރިހެން ޑިވިޝަނުގައި ޕޮލިހާއި ހޮސްޕިޓަލްގެ ފިރިހެން ޓީމު ކުޅުނު މެޗު 2-2 ން އެއްވަރު ވެއްޖެއެވެ.
ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ މިނިޓްގައި ޕޮލިހުން ވަނީ ލަނޑެއްޖަހާ ލީޑް ނަގާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ފޮލިހުގެ އަލީ ޔާމީން އެވެ.
މެޗުގެ 11 ވަނަ މިނިޓްގައި ލިބުނު ކޯނަރަކުން ޕޮލިހުން ވަނީ 2 ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ޕޮލިހުގެ ކެޕްޓަން އިބްރާހިމް ވަހީދުއްދީން އެވެ. މި މެޗުގައި ހޮސްޕިޓަލަށް ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 1ވަނަ މިނެޓުގައި އެ ޓީމުގެ ޖޯޒީ ނަންބަރު 10، އަޙްމަދު ޒާހިދު (ޒާބެ)އެވެ.
އޭގެ ތިން މިނެޓު ފަހުން ހޮސްޕިޓަލް ޓީމަށް ނަތީޖާ އެއްވަރު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ، އެ ޓީމުގެ ޖޯޒީ ނަންބަރު 21، ޢަބްދުލް މާޖިދެެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައެވެ. މިގޮތުން، ދެ ޓީމުގެ ގޯލަށްވެސް ނުރައްކާތެރި ހަމަލާތަކެއް އަމާޒުވިއެވެ. ނަމަވެސް، މެޗު ނިމުނީ އިތުރު ލަނޑެއް ނުފެނިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުގައި 3-2 އިން ޕޮލިސް ޓީމުގެ މައްޗަށް ކުރިހޯދީ ހޮސްޕިޓަލް ޓީމެވެ.
އަންހެން ކުޅުންތެރިންގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ހޮސްޕިޓަލަށް އެންމެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމަށް ކުޅޭ ނ އަތޮޅުން ވިދާލި މަރިޔަމް ނަސްފާއެވެ. ނ. ކެނދިކުޅުދޫ ފުޓްސަލް ޓީމުގައި މޮޅުކުޅުމެއް ދައްކަމުން އަންނަ ނަސްފާގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ މެޗުގެ 10 ވަނަ މިނިޓްގައެވެ. އެހެންނަމަވެސް މާ ގިނައިރުތަކެއް ނުވެ ޕޮލިހުން ވަނީ ފަހަތުން އަރާ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ޕޮލިހަށް ފުރަތަމަ ލަނޑު ޖަހައިދިނީ ފައިހާއެވެ. 1-1 ގެ ނަތީޖާގައި އޮވެ ފުރަތަމަ ހާފްގެ ކުޅުން ނިންމާލި ނަމަވެސް ދެވަނަ ހާފްގެ ކުރީ ކޮޅު މެޗުގެ ލީޑް ނެގީ ޕޮލިހުންގެ. ޕޮލިހުގެ 2 ވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އާގިލާއެވެ. އެއީ އާގިލާ ޖެހި ބޯޅައެއް ހޮސްޕިޓަލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ބޯޅަ ގޯލަށް ވަދެގެން ކާމިޔާބުކުރެވުނު ލަނޑެކެވެ.
އޭގެ ހަތަރު މިނެޓުފަހުން ހޮސްޕިޓަލް ޓީމުގެ ކެޕްޓަން އާއިޝަތު އަހްމަދު ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މެޗުން މޮޅުވި ލަނޑު ހޮސްޕިޓަލް ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 28 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން، އެ ޓީމުގެ ޖޯޒީ ނަންބަރު 7، މަރިޔަމް ނަސްފާއެވެ.
މި މެޗުގެ ކުއީން އޮފް ދަ މެޗްގެ މަގާމް ހޯދި ނަސްފާ ބޯޅަޑޮޓްއެމްވީއާ ވާހަކަދައްކަމުން ބުނީ އެ މެޗަކީ އެހާ ފަސޭހަ މެޗެއް ނޫން ކަމަށާއި ޕޮލިސް ޓީމުގައި ވެސް ތިބީ ވަރުގަދަ ކުޅުންތެރިންތަކެއް ކަމަށެވެ.
އެހެންނަމަވެސް މެޗު ދިޔަ ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމުން ވަރަށް އުފާވި ކަމަށް ނަސްފާ ބުންޏެވެ. އޭނާއަކީ ށ. ފުނަދޫ ކައުންސިލް ކަޕްގައި ހޮސްޕިޓަލް ޓީމަށް ކުޅެން ނ. ކެނދިކުޅުދޫ އިން އައިސްހުރި 18 އަހަރުގެ ކުޅުންތެރިއެވެ. ނ އަތޮޅުގައި އަރަމުން އަންނަ ހުނަރުވެރި މޮޅު ފުޓްސަލް ތަރިއެކެވެ.
މި މެޗުގައި ހޮސްޕިޓަލުން 2-3 އިން ޕޮލިސް ބަލިކުރުމުން ޕޮލިހުގެ ބެންޗުން ވަނީ ރެފްރީންގެ ނިންމުންތަކަށް ފާޑުކިޔާ ނުރުހުން ފާޅުކުރިއެވެ. އެހެންނަމަވެސް ނަތީޖާއަށް ބަދަލެއް ނާދެއެވެ.