News

ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ޝަހްސިއްޔަތު މެރެޑޯނާ މަރުވެއްޖެ

25 ނޮވެމްބަރު 2020






ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޑިއޭގޯ މެރެޑޯނާ މަރުވެއްޖެއެވެ.


އާޖެންޓީނާގެ ކުރީގެ އެޓޭކިން މިޑްފިލްޑަރު މެރެޑޯނާ  އަދި ފުޓްބޯޅަ ކޯޗު މެރެޑޯނާ މަރުވިއިރު އޭނާގެ އުމުރަކީ  60 އަހަރެވެ.


ބީބީސީ އިން ހަބަރުދޭ ގޮތުގައި  މެރެޑޯނާ މަރުވީ ގޭގައި ހުއްޓާ ހާޓް އެޓޭކެއް ޖެހިގެންނެވެ. ސިކުނޑީގައި  ލޭ ކޮޅެއް ގަނޑުވެގެން މި ނޮވެމްބަރުމަހު މެރެޑޯނާ ވަނީ ސާޖަރީއެއް ވެސް ހަދާފައެވެ. އަދި 'އަލްކަހޯލް ޑިޕެންޑެންސީ' އަށް ފަރުވާ ހޯދާފައިވެސްވެއެވެ. 


މެރެޑޯނާ އަކީ އޭނާ ފުޓްބޯޅައިގެ ރަންޒަމާނުގައި މުޅި ދުނިޔޭގައިވެސް ނަން ހިނގި މޮޅު ކުޅުންތެރިއެކެވެ.  1986 ވަނަ އަހަރު އާޖެންޓީނާއިން ފީފާ ވޯލްޑްކަޕް ކާމިޔާބުކުރިއިރު މެރެޑޯނާ އަކީ އެ ޓީމުގެ ކެޕްޓަނެވެ.


މެރެޑޯނާގެ މަރާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެގައުމުގެ ލެޖެންޑް މެރެޑޯނާގެ ވަކިވެދިއުމަކީ ލިބުނު ފުންހިތާމާއެއް ކަމަށް ބުނެ އެކަމުގެ ހިތާމައިގެ ބަޔާނެއް ނެރެފަ އެވެ. މެރެޑޯނާގެ ހަނދާންތައް އަބަދުވެސް ދެމިހުންނާނެ ކަމަށް އާޖެންޓީނާގެ އެފްއޭއިން ސޯޝަލްމީޑިއާތަކުގައި ހިއްސާކޮށްފައިވާ އެ ބަޔާނުގައި ބުނެފައިވެއެވެ. 



Leave a Comment:

Comments will be published after moderation.