News
ފައިނަލް ބުރު ކުރިޔަށް ދަނީ! ދަގަނޑޭއަށް ވޯޓުދީ އެއްވަނަ ހޯދަމާ!
25 ނޮވެމްބަރު 2020
އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލް ބުރުގެ ވޯޓުލުން މިއަދު ފެށިގެން ކުރިޔަށް އެބަދެއެވެ.
ފައިނަލްގައި ވާދަ ކުރަނީ ރާއްޖޭގެ
ފުޓްބޯޅަ ތަރި އަލީ އަޝްފާގް (ދަގަނޑޭ) އާއި ހޮންކޮންގެ ޗަން ސިއު ކީ އެވެ.
އޭއެފްސީ ކަޕްގެ ގަރުނުގެ އެންމެ މޮޅު ގޯލު ހޮވުމަށް ނަގާ ޕޮޕިއުލަރިޓީ ވޯޓެއްގެ ހުރިހާ ހަރުފަތެއް ގިރާކޮށް ދަގަނޑޭ އާއި ޗަން ފައިނަލަށް ދިޔައިރު މި ޗެލެންޖްގައި އޭއެފްސީ ކަޕްގެ 5 ޒޯނަކުން ހޮވާލެވޭ 32 ކުޅުންތެރިންގެ ގޯލޫ ހިމަނާފައިވެއެވެ.
މީގެ ހަ ހަފްތާ ކުރިން ފެށިގެން ކުރިޔަށްދާ މި ވޯޓުގައި ސައުތް އޭޝިއާ އާއި އީސްޓް އޭޝިއާގެ ކުރިމަތިލުން ފެށިގެން ކުރިޔަށްދާއިރު ދަގަނޑޭ ފައިނަލަށް ދިޔައީ 2013ގެ އޭއެފްސީ ކަޕްގައި އޭނާ ނިއުރޭޑިއަންޓަށް ޖަހަދިން ހިތްގައިމު މޮޅު ގޯލަކަށެވެ.
ފައިނަލްގައި ދަގަނޑޭގެ މި ގޯލާއި ވާދަކުރަނީ ހޮންކޮންގެ 'ސައުތް ޗައިނާ އޭއޭ' ޓީމަށް 2013 ވަނަ އަހަރު ޗަން ޖަހައިދިން ތަފާތު މޮޅު ގޯލެކެވެ.
މި ދެ ކުޅުންތެރިންގެ ކުރިމަތިލުން މިއަދުން ފެށިފައިވާއިރު ވޯޓު ދިނުމުގެ
ފުރުސަތު ހުޅުވާލާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 1:00 ގެ ނިޔަލަށެވެ.
އެހެންކަމުން ލަސްކޮށް އެންމެ ދަގަނޑޭއަށް ވޯޓުދެމާ ހިނގާށެވެ.
ވޯޓް ދިނުމަށް މި ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.