News

ރީތިނަން ހޯދައިދިނުމަށް ލިބޭ ފުރުސަތަކީ ގައުމީ ވާޖިބެއްކަމުގައި ދެކޭނަން: އަޝްފާގް

22 ނޮވެމްބަރު 2020






ގައުމަށް ރީތިނަން ހޯދައިދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި އަަބަދުވެސް ދެކޭނެ ކަމަށް އަލީ އަޝްފާގް (ދަގަނޑޭ) ބުނެފިއެވެ.

ދަނގަޑޭ އެެހެން ބުނެފައިވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ސެމީފައިނަލްގައި ދަގަނޑޭ އަށް ވޯޓް ހޯދައިދީ ފައިނަލާ ހަމައަށް ގެންގޮސް ދިނުމަށް ދިވެހިން ކުރި މަސައްކަތަށް ޝުކުރުއަދާކުރުމުގެ ގޮތުން މިއަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައެވެ.

ދަގަނޑޭ ބުނީ "‎الحمدلله! އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން! އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން! ‎إن شاء الله ".

އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފަހުރުވެރި ފައިނަލާ ހަމައަށް ދަނގަޑޭ ދިޔައީ ދިވެހި ސަޕޯޓަރުންގެ ވަރަށް ބޮޑު ހިތްވަރަކާއެކުއެވެ. ސެމީ ފައިނަލްގައި ދަގަނޑޭ ވަނީ 54.68 އިންސައްތް ވޯޓް ހޯދާފައެވެ. ސެމީގައި ދަގަނޑޭ އާއި ވާދަ ކުރީ ވިއެޓްނާމްގެ ގުޔެން ވެން ކިއެޓް އެވެ.
ދަގަނޑޭ އާއި އެކު ފައިނަލްގައި ވާދަކުރާނީ ސައުތް ޗައިނާގެ އޭއޭ ޓީމުގެ  ވަން ސޮއި ކީ އާ އެވެ.

މި ޗެލެންޖުގައި 32 ކުޅުންތެރިންގެ ގޯލް ހިމެނިފައިވާއިރު، ހުރިހާ ވޯޓެއް ކާމިޔާބުކޮށް ދަގަނޑޭ  ފައިނަލާ ހަމައަށް ދަތުރު ކުރި އިރު ދަގަނޑޭއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ  އެވެ. 

އޭއެފްސީ ބްރެކެޓް ޗެލެންޖްގައި ދަގަނޑޭއަށް އެއްވަނަ ލިބިއްޖެނަމަ އެއީ މުޅި ރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފަކަށެވެ.

އޭއެފްސީންމީގެކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައިވެއެވެ. އަދި މީގެ އިތުރުން ދާދިފަހުން ބޭރުގެ އޮންލައިން ނޫހަކުން ހޮވި ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ވަނީ ހިމެނިފައެވެ.



Leave a Comment:

Comments will be published after moderation.