News

ބްރެކެޓް ޗެލެންޖް: ސެމީ ފައިނަލްގައި ދަގަނޑޭއަށް ވޯޓުދީފިންތަ؟

19 ނޮވެމްބަރު 2020






އޭއެފްސީ ކަޕްގެ މޮޅު ގޯލު ހޮވުމަށް ކުރިޔަށްގެންދާ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލްގެ ވޯޓުލުން ފަށައިގެން ކުރިޔަށް އެބަދެއެވެ. 

ތިރީގައި އެވާ ލިންކުން މި ވޯޓުގައި ބައިވެރިވެވޭނެ އެވެ.  

https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-semi-final-nguyen-quang-hai-hanoi-fc-vs-ali-ashfaq-new-radiant


އޭއެފްސީގެ ވެބްސައިޓްގައި ވޯޓަށް ހުޅުވާލާފައިވަނީ އޭއެފްސީގެ ތާރީހުގައި ޖެހި އެންމެ މޮޅު ގޯލްތަކުގެ ތެރެއިން ސަޕޯޓަރުންގެ ވޯޓުން ސެމީ ފައިނަލާ ހަމައަށް ގޮސްފައިވާ ދެ ގޯލެކެވެ.


އެއީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖްގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ރާއްޖޭގެ އެއްވަނަ ނަމްބަރު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޖަހައިދިން ގޯލަކާއި  2019 ވަނަ އަހަރު ވިއެޓްނާމުގެ ހަނޯޔީ އެފްސީގެ ގުޔެން ހުއާން ޖަހައިދިން ގޯލެކެވެ.


މި ދެ ގޯލަށް ވޯޓުލުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު ބޮޑު ތަފާތަކުން މިވަގުތު ކުރީގައި އޮތީ ދަގަނޑޭގެ ގޯލެވެ.




Leave a Comment:

Comments will be published after moderation.