News
19 އަހަރުން ދަށުގެ ގައުމީ ޓީމުން ވިދާލި އިންމި ޓީސީއަށް ސޮއި ކޮށްފި
16 ނޮވެމްބަރު 2020
19އަހަރުން ދަށުގެ ގައުމީ ޓީމުގެ ހުނަރުވެރި އިބްރާހިމް އިމްރާން (އިންމި) ޓީސީ ސްޕޯޓްސް ކްލަބާއި ގުޅިއްޖެއެވެ.
އިންމިއަކީ އޭނާގެ އެކުވެރިންގެތެރޭގައި މެސީގެ ނަމުން މަޝްހޫރުވެފައިވާ ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ސާފްޗެމްޕިއަންޝިޕްގެ 18 އަހަރުންދަށުގެ ބައިން ތިންވަނަ ހޮވާ މެޗުގައި ބޫޓާން އާއި ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުގައި އިންމި ވަނީ ރާއްޖެއަށް ގޯލެއް ޖަހާދީ މެޑަލެއްވެސް ހޯދާފައެވެ.
ޓީސީއިން ވަނީ އާ ސީޒަނަށް ފަރިތަކުރުންތައް ފެށިއިރު އާ ކުޅުންތެރިންތަކެއްވެސް ސްކޮޑުގައި ހިމަނާފައިވެއެވެ. އެ ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ޓީމު ރަނގަޅުވާނެ ކަމަށާއި އަމާޒަކީ އާ ސީޒަނުގައި ތައްޓެއް ހޯދުން ކަމަށެވެ.
ބިދޭސީ ކުޅުންތެރިންނާއި ސީނިއާ ކުޅުންތެރިން އަދި އަލަށް ސްކޮޑަށް އިތުރު ކުރި ކުޅުންތެރިންނާއި އެކު ވަރުގަދަ ޓީމެއް ޓީސީން އާ ސީޒަނަށް ނެރުމަށް ކޯޗް ޝާޒް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފޮޓޯ: އެފްއޭއެމް
TC Sports Club Immi