News

ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފި

16 ނޮވެމްބަރު 2020






އޭއެފްސީ ކަޕްގެ ބްރެކެޓް ޗެލެންޖްގެ ސެމީ ފައިނަލަށް ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ދަތުރުކޮށްފި އެވެ. 


އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލްތައް ހޮވުމަށް އޭޝިއަން ކަޕުން ކުރިޔަށްގެންދާ ބްރެކެޓް ޗެލެންޖަކީ އޮންލައިން ޕޮޕިއުލަރިޓީ ވޯޓެކެވެ.


މި ޗެލެންޖުގައި 32 ކުޅުންތެރިންގެ ގޯލް ހިމެނިފައިވާއިރު، ކުއާޓާ ފައިނަލުގައި ދަނގަޑޭ ވާދަކުރީ ވިއެޓްނާމުގެ ގުޔެން ވެން ކުއެޓް އާ އެވެ. 


ދަގަނޑޭ ސެމީ ފައިނަލަށް ދިޔައީ ގުޔެން ވެން ކުއެޓް ވޯޓް ލީ މީހުންގެ 51.45 އިންސައްތަ މީހުންގެ ވޯޓު ހޯދައިގެންނެވެ. އަދި ވެން ކުއެޓްއަށް ލިބިފައިވަނީ ވޯޓްލީ މީހުންގެ 48.55 އިންސައްތައެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖްގައި ދަގަނޑޭއަށް އެއްވަނަ ލިބިއްޖެނަމަ އެކަން ވެގެންދާނީ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފަކަށެވެ.


އޭއެފްސީންމީގެކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައިވެއެވެ. އަދި މީގެ އިތުރުން ދާދިފަހުން ބޭރުގެ އޮންލައިން ނޫހަކުން ހޮވި ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ވަނީ ހިމެނިފައެވެ.



 ލިޔުނީ: އާއިދާ އަބްދުލް ހަކީމް 



Leave a Comment:

Comments will be published after moderation.