News
ނޭޝަންސް ލީގު ފައިނަލާއި ހަމައަށް ދިއުމަށް އިންގްލޭންޑުން ކުރި އުންމީދު ނިމުމަކަށް
16 ނޮވެމްބަރު 2020
ނޭޝަންސް ލީގުގެ ފައިނަލާއި ހަމައަށް ދިއުމަށް އިންގްލޭންޑުން ކުރަމުން އައި އުންމީދު ނިމުމަކަށް އައިސްފި އެވެ.
ނޭޝަންސް ލީގުގައި އާދީއްތަ ދުވަހުގެރޭ އިންގްލޭންޑުން ބެލްޖިއަމާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ 0-2 ން ބަލިވެފައެވެ. އެހެންކަމުން އިންގްލޭންޑް ފައިނަލަށް ދިއުމުގެ ފުރުސަތު ގެއްލި މިހާރު ފައިނަލް ހަމައަށް ދިއުމުގެ އުންމީދު ބޮޑީ ބެލްޖިއަމަށެވެ.
މި މެޗުގައި އިންގްލެންޑްގެ ގޯލް ފޫއަޅުވާލާ މެޗުގެ ފުރަތަމަ ހާފްގެ 10 ވަނަ މިނިޓްގައި ބެލްޖިއަމުން ވަނީ ލީޑް ނަގާފައެވެ. ފުރަތަމަ ލަނޑު ޖަހާދިނީ ބެލްޖިއަމްގެ ތަރި އަދި ލެސްޓާ ސިޓީގެ ޔޫރީ ޓިއެލެމަންސް ފެނަލްޓީ އޭރިއާގެ ބޭރުން ވަރަށް ދުރުން ފޮނުވާލި ބޯޅައަކުންނެވެ. ބެލްޖިއަމުން ދެވަނަ ލަނޑު ޖެހީ އޭގެ 13 މިނިޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން ޑްރީސް މާޓެން އެވެ.
މެޗުގެ ދެވަނަ ހާފްގައި އިންގްލޭންޑުން ގިނަވަގުތު ބޯޅަ ގެންގުޅުނީ ބެލްޖިއަމްގެ ހާފްތެރޭގައެވެ. އެހެންނަމަވެސް ލަނޑެއް ޖެހޭގޮތް ނުވެ މެޗު ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބެލްޖިއަމުން މޮޅުވެ އެޓީމް ވަނީ ލީގުއޭގެ ގްރޫޕް 2ގެ ޕޮއިންޓް ތާވަލުގެ އެ ންމެ ކުރިޔަށް ޖެހިލާފައެވެ. 12 ޕޮއިންޓް ހޯދާާާާާާާާފައިވާ ބެލްޖިއަމަށް އަދި އެއް މެޗު އޮތް އިރު ފައިނަލަށް ދިއުން އެންމެ ގާތީ ބެލްޖިއަމެވެ.