News
ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ދަގަނޑޭ ދަތުރުކޮށްފި، ވޯޓު ދީފިންތަ؟
15 ނޮވެމްބަރު 2020
އޭއެފްސީ ކަޕްގެ ބްރެކެޓް ޗެލެންޖްގެ ކުއާޓާ ފައިނަލަށް ރާއްޖޭގެ އެއް ނަންބަރު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)
ދަތުރުކޮށްފި އެވެ.
އޭއެފްސީ ކަޕްގެ އެންމެ މޮޅު ގޯލްތައް ހޮވުމަށް އޭޝިއަން ކަޕުން ކުރިޔަށްގެންދާ ބްރެކެޓް ޗެލެންޖަކީ އޮންލައިން ޕޮޕިއުލަރިޓީ ވޯޓެކެވެ.
މި ޗެލެންޖުގައި 32 ކުޅުންތެރިންގެ ގޯލް ހިމެނިފައިވާއިރު، ކުއާޓާ ފައިނަލުގައި ދަނގަޑޭ ވާދަކުރަނީ ވިއެޓްނާމުގެ ގުޔެން ވެން ކުއެޓް އާ އެވެ. މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ވޯޓު ދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ވޯޓް ދެވޭނީ ތިރީގައި މިވާ ލިންކުންނެވެ.
https://www.the-afc.com/competitions/afc-cup/latest/news/bracket-challenge-quarter-final-ali-ashfaq-new-radiant-vs-nguyen-van-quyet-hanoi
މިހާރުގެ ނަތީޖާ އަށް ބަލާއިރު ވިއެޓްނާމުގެ ގުޔެން ވެން ކުއެޓް އަށް 65 ޕަސެންޓް މީހުން ވަނީ ވޯޓް ދީފައެވެ. އަދި ދަގަނޑޭއަށް ލިބިފައިވަނީ ވޯޓްލީ މީހުންގެ 35 ޕަސެންޓެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖްގައި ދަގަނޑޭއަށް އެއްވަނަ ލިބިއްޖެނަމަ އެކަން ވެގެންދާނީ މި ކުޑަކުޑަ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފަކަށެވެ.
އޭއެފްސީންމީގެކުރިން ހޮވި އެންމެ މޮޅު ގޯލަކަށް ދަގަނޑޭގެ ސޯލޯ މޮޅު ގޯލެއް ހޮވިފައިވެއެވެ. އަދި މީގެ އިތުރުން ދާދިފަހުން ބޭރުގެ އޮންލައިން ނޫހަކުން ހޮވި ކެރިއަރުގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިންގެ ލިސްޓުގެ ހަވަނައިގައި ދަގަނޑޭ ވަނީ ހިމެނިފައެވެ.