News

ޔޫވީއަށް ކިރްގިސްތާނާއި ޔޫކްރެއިންގެ ކުޅުންތެރިންތަކެއް ގެނެސްފި

14 ނޮވެމްބަރު 2020






ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަށް ބިދޭސީ ހަތަރު ކުޅުންތެރިން ގެނެސް އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

އެ ކުލަބުގެ ފޭސްބުކް ޕޭޖްގައި އާންމުކޮށްފައިވާ ގޮތުގައި އާ ސީޒަނަށް އެ ކުލަބާއި ގުޅުނީ ކިރްގިސްތާނާއި ޔޫކްރެއިންގެ ކުޅުންތެރިންނެވެ. އޭގެތެރޭގައި ހިމެނެނީ ކުރިންވެސް ޔޫވީއަށް ކުޅެފައިވާ ކިރްގިސްތާނުގެ ގޯލްކީޕަރު ރުސްލާން އާމިރޯފް، އަދި 2018 ވަނަ އަހަރު ޓީސީއަށް ކުޅުނު މިޑްފީލްޑަރ އަނަޓޯލީ ވްލަސީޗޭވް އެވެ. ދެން ގުޅުނު ދެ ކުޅުންތެރިންނަކީ ޔޫލްރޭޏްގެ ކީރްލޯ ސިލިޗް އާއި ކިރްގިސްތާނުގެ ޑިފެންޑަރ މަރަޓް އަދްޒިނިޔަޒޯފް އެވެ.

އަންނަމަހު ފަށާ ސީޒަނަށް ކްލަބުތަކުން ފަރިތަކުންތައް ބާއްވާ ތަޖްރިބާކާރު އާ ކުޅުންތެރިންގެ ސޮއި ހޯދަމުން އަންނައިރު ޔޫވީ އިން އަންނަނީ ޔޫވީންވެސް ވަނީ މަޝްހޫރު ކުޅުންތެރިންތަކެއް އެޓީމަށް ހޯދާފައެވެ. އެގޮތުން ތަޖްރިބާކާރު މިޑްފީލްޑަރ އަދި ގައުމީ ޓީމުގެ އެންމެ ސީނިއާ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ މުހައްމަދު އާރިފް (ބަކާ) އާއި ގައުމީ ސްކޮޑްގައި ހިމެނޭ މިޑްފީލްޑަރ އިސްމާއިލް އީސާ (މެސީ) ވެސް އަންނަނީ ޔޫވީ އާއި އެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. 

ކޯޗް މުހައްމަދު އާދަމްގެ ބެލުމުގެ ދަށުން ތަޖްރިބާކާރު ކޯޗް އިހްސާން އަބްދުލް ޣަނީ (ސާންތީ) އާއި ކުރީގެ ގައުމީ ކީޕަރު އިސްމާއިލް ޒަރިޔަންދު ހިމެނޭހެން އެކުލަވާލާފައިވާ ތަޖްރިބާކާރު ކޯޗިން ޓީމަކާއި އެކު ޔޫވީން އަމާޒު ހިފާފައިވަނީ މިދިޔަ ސީޒަނަށްވުރެ ރަނގަޅު ހިސާބަކަށް ޓީމު ގެންދިއުމަށެވެ.


ފޮޓޯ: ޔޫވީގެ ފޭސްބުކް ޕޭޖް  

United Victory saanthi Messi Bakaa

Leave a Comment:

Comments will be published after moderation.