News
ޖަޕާނު މިޑްޕީލްޑަރަކާއި އުޒްބަކިސްތާނުގެ ކީޕަރެއް ސަސް އާއި ގުޅިއްޖެ
14 ނޮވެމްބަރު 2020
ޖަޕާނުގެ އެއިސުކީ މޯރީ އަންނަ ސީޒަނަށް
ފުރުތަމަ ޑިވިޝަނުގެ ކުލަބެއް ކަމުގައިވާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް
ސޮއި ކޮށްފިއެވެ.
އިއްޔެ ސަސްގެ ޕޭސްބުކް ޕޭޖުގައި ރަސްމީކޮށް
އެކަން އާންމުކޮށްފައިވާއިރު ސަސް އިން ބުނީ މިޑްފީލްޑަރު އެއިސުކީ ސަސްއަށް ސޮއި
ކުރީ އަންނަ ސީޒަނަށް ކަމަށެވެ.
އޭނާއަކީ ލާއޯސް އާއި މޮންގޯލިއާ އަދި އަރްމީނިއާގެ ޕްރޮފެޝަނަލް ޓީމުތަކާއި އެކުވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
އެއިސުކީ އަކީ ރާއްޖެއަށް އާ ކުޅުންތެރިއެއް ނޫނެވެ. އޭނާ ވަނީ 2018 ގައި ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމުގައިވާ ޖޭޖޭ ސްޕޯޓްސް އަށް ކުޅެ ފައިނަލާ ހަމައަށްވެސް އެޓީމު ގެންގޮސްދީފައެވެ. އެފަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދުމާއި ވަރަށް ކައިރިއަށް ޖެލިލުމަށްފަހު ފައިނަލުން ޖޭޖޭ ބަލިކުރީ އޭރު ދެވަނަ ޑިވިޝަނުގައި ކުޅުނު މިހާރުގެ ފުރަތަމަ ޑިވިޝަނުގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.

އުޒްބެކިސްތާނުގެ ގޯލްކީޕަރު މިރްޒޮހިދް ސަސް އަށް ސޮއި ކުރުން - ފޮޓޯ: ސަސްޕަޓިސް ފޭސްބުކް ޕޭޖް
އެއިސުކީގެ އިތުރުން ދެން ސަސް އާއި ގުޅުނީ އުޒްބަކިސްތާނުގެ ތަޖްރިބާކާރު ގޯލް ކީޕަރު މިރްޒޮހިދް މަމަކްތޯނޯފް އެވެ.
އޭނާ އަންނަ ސީޒަނަށް އެޓީމާއި ގުޅިފައިވާ ކަން އިއުލާނުކޮށް ސަސްގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި އެޓީމުން ވަނީ އޭނާއަށް މަރްހަބާ ކިޔާފައެވެ.
މިރްޒޮހިދު އެންމެ ފަހުން ކުޅުނީ އުޒްބަކިސްތާނުގެ އެފްސީ ޝުރްތަން ގްޒަރް ކިޔާ ކްލަބަކަށެވެ. އޭނާއަކީ ރާއްޖެއަށް މުޅިން އައު އެހެންނަމަވެސް އަމިއްލަ ގައުމުގައި ކުޅެ ތަޖްރިބާ ހޯދާފައިވާ ކީޕަރެކެވެ.
SUS-Super United Sports