News
މެންޗެސްޓާ ޔުނައިޓެޑްގެ ދިވެހި ސަޕޯޓަރުންގެ ޖަމްއިއްޔާ އެ ކުލަބުން ބަލައިގެންފި
12 ނޮވެމްބަރު 2020
މެންޗެސްޓާ ޔުނައިޓެޑުގެ ދިވެހި ސަޕޯޓަރުން އުފެއްދި ޖަމްއިއްޔާ އެ ކުލަބުން ރަސްމީކޮށް ބަލައިގެންފިއެވެ.
ވަން ޔުނައިޓެޑް މޯލްޑިވްސްގެ ނަމުގައި ރާއްޖޭގައި އުފެއްދި ސަޕޯޓަރުންގެ ޖަމްއިއްޔާ މެންޗެސްޓާ ޔުނައިޓެޑުން ރަސްމީކޮށް ބަލައިގެން ކަން އެންގީ މިދިޔަ އަންގާރާ ދުވަހެވެ.
މިއީ އެކުލަބުން ސަޕޯޓަރުންގެ ޖަމްއިއްޔާ އެއް ބަލައިގެން ފުރަތަމަ ފަހަރެވެ. ރާއްޖެއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުން ވަރަށް ގިނަ ގައުމެކެވެ.
އިންގްލޭންޑްގެ މެންޗެސްޓާ ޔުނައިޓެޑަކީ ދުނިޔޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބްގެ ގޮތުގައި މަޝްހޫރުވެފައިވާ ކްލަބެކެވެ. ރާއްޖޭގައި ތިބި އެޓީމުގެ ސަޕޯޓަރުން ޖަމްއިއްޔާއެއް އުފައްދާ ރަޖިސްކުރީ 2018 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.
ވަން ޔުނައިޓެޑް މޯލްޑިވްސްގެ ނަމުގައި ހިންގާ ސަޕޯޓަރުންގެ ޖަމްއިއްޔާގެ ފޭސްބުކް ޕޭޖުގައި އެ ކުލަބާއި ގުޅޭ ހަބަރުތަކާއި ކުޅުންތެރިންނާއި ގުޅޭ ކަންކަންވެސް އަންނަނީ ހިއްސާ ކުރަމުންނެވެ.