News

23 އަހަރުން ދަށުގެ ޓީމް ސްޓޭލިއަން މޮޅުވިޔަނުދީ ހިފަހަށްޓާލައިފި

8 މާރިޗު 2019






އޭ.އެފް.ސީ 23 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފިކޭޝަން ކުޅުމަށް ފިލިޕީންސްގައި މިވަގުތު ތައްޔާރުވަމުން އަންނަ ދިވެހި ޒުވާން ޓީމް ފިލިޕީންސް ޕްރިމިއަރ ލީގުގެ ޓީމަކާއެކު ކުޅުނު މެޗުން އެ ޓީމް މޮޅުވިޔަނުދީ ހިފަހަށްޓާލައިފިއެވެ.

ފިލިޕީންސް ލީގުގެ 4ވަނައިގައި އޮވެ ނިންމާލި ޓީމް ކޮޅަށް ލަނޑުޖަހާ މެޗުގެ ލީޑު ނަގައިދިނީ ޔޫތު މުބާރާތުން ވިދާލި ގްރީން ސްޓްރީޓްސްގެ އަބްދުﷲ ޔާމީނެވެ. މެޗުގެ 25ވަނަ މިނެޓުގައި މިގޯލް ޖަހައިފައިވަނީ ފިލިޕީންސްގެ ސްޓޭލިއަން ޓީމް މާ ބޮޑަށް މެޗު ތެރެއަށް ނުވަދެ އޮށްވައެވެ. ދިވެހި ޓީމް ބަލިކަމަށް ވިސްނައިގެން ތިބި ޓީމަށް ރަނގަޅު ކުރިމަތިލުމެއް ޒުވާން ޓީމް ދިން އިރު ކައްޕިތާނު ބޭންޑު އަޅައިގެން ހުރީ ކުރީގެ ޓީސީ ކުޅުންތެރިއެއް ކަމަށްވާ އަބްދުﷲ އައްޒާމް (އެޑޫ)އެވެ.

ސްޓޭލިއަންއަށް ނަތީޖާ އެއްވަރު ކުރވޭވަރުވީ ދިވެހި ޓީމަށް އެތަށް ބަދަލެއްވެސް ގެންއިފަހުން މެޗުގެ 70ވަނަ މިނެޓުގައެވެ. ދިވެހި ޓީމުގެ މެނޭޖަރު ބުނިގޮތުގައި ދިވެހި ޓީމުން ދައްކާފައިވަނީ މޮޅު ކުޅުމެކެވެ. ބިޔަ ކުޅުންތެރިން ސްޓޭލިއަންގައި ތިބިނަމަވެސް ދިވެހި ޓީމްކުރި ހިތްވަރަށް މެނޭޖަރ ތައުރީފްކުރިއެވެ. ހާއްސަކޮށް ޝާކިއްޓޭގެ މަސައްކަތް އޭނާ ފާހަގަކުރިއެވެ.

18ވަނަ ދުވަހު ކޮލިފިކޭޝަން ކުޅުމަށް ސައުދީއަށް ފުރާނީ މިމަހުގެ 18ވަނަ ދުވަހުގައެވެ. ދިވެހި ޓީމް ލައްވާލައިފާވަނީ އަރަބި ގަލްފުގެ މޮޅެތި ޤައުމުތައްކަމަށްވާ ލުބްނާން، ސައުދީ އަދި ޔޫ.އޭ.އީއާއެކު ގްރޫޕް ޑީގައެވެ.

ފޮޓޯ:މިހާރު

2020 AFC U-23 Championship Qualification fam

Leave a Comment:

Comments will be published after moderation.