News

ބާސާގެ ފަޓީ އަނިޔާގެ ސަބަބުން 4 މަސް ދުވަހަށް ކުޅުމާ ދުރަށް

10 ނޮވެމްބަރު 2020






ބާސެލޯނާގެ ފޯވާޑް އަންސޫ ފަޓީ ކަކުލުގެ އޮޕަރޭޝަނެއް ކުރުމާއި ގުޅިގެން ހަތަރު ޖ ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. 


18 އަހަރުގެ ފަޓީގެ ވާތު ކަކުލަށް އަނިޔާވީ ހޮނިހިރު ދުވަހު  ބާސާއިން ރިއަލް ބެޓިސް  އާއި ދެކޮޅަށް ކުޅެ 3-5 ން ބާސާ މޮޅުވި މެޗުގައެވެ.  


މިސީޒަނުގައި ފަޓީ ވަނީ ބާސާއަށް 10 މެޗު ކުޅެ ފަސް ގޯލް ޖަހާދީފައެވެ. 

 

ފަޓީ އަކީ ސްޕެއިންގެ 95 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލާ  އުމުރުން 17 އަހަރުގައި އެންމެ ހަގުގޯލް ސްކޯރާގެ މަގާމު ހޯދި ކުޅުންތެރިޔާއެވެ. 


ފަޓީގެ  ކަކުލުގެ އޮޕަރޭޝަން ކޮށްފައިވަނީ ސްޕެއިންގެ ކްލިނިކެއްގައި މިދިޔަ ހޯމަ ދުވަހު އެވެ. މި އޮޕަރޭޝަނުގެ ސަބުބުން ފަޓީއަށް ސްޕެއިންގެ ގައުމީ  ޓީމުން އުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގައިވެސް ނުކުޅެވޭނެ އެވެ.  އަދި މާޗް މަހާއި ހަމައަށް ބާސާއިން އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަ ކުޅޭ މެޗުގައިވެސް ނުކުޅެވޭނެ އެވެ.



Leave a Comment:

Comments will be published after moderation.