News
ޖަރުމަނު ލީގު: ބަޔާން މިއުނިކް ލީގުގެ އެއްވަނައަށް
8 ނޮވެމްބަރު 2020
ޖަރުމަނު ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ލީގުގެ އެއްވަނައަށް އަރައިފިއެވެ.
ބަޔާން މިނިކުން ލީގުގެ އެއްވަނައަށް ޖެހިލާފައިވަނީ ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމުންޑާއި ދެކޮޅަށް ކުޅުނު މެޗު 3-2 ކުން ކާމިޔާބު ކުރުމުންނެވެ. މި މެޗުންވެ މޮޅުވެ ބާޔަން މިއުނިކް ތާވަލުގެ އެއްވަނައަށް ދިޔައީ ކުޅުނު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ.
މި މެޗުގައި މެޗުގެ 24 ވަނަ މިނިޓްގައި ބަޔާނުގެ ފޯވާޑް ރޮބަޓް ލެވެންޑޮސްކީ ވަނީ ގޯލަށް އަމާޒުކޮށް ބޯޅައެއް ފޮނުވާލާފައެވެ. އެހެންނަމަވެސް އެއީ ލަނޑެއްގެ ގޮތުގައި ބަލައިނުގަނެ ވީޑިއޯ އެސިސްޓެންޓް ރެފްރީ ނިންމީ އެއީ އޮފްސައިޑެއް ކަމަށެވެ.
އޭގެ ފަހުން މެޗުގެ 45 ވަނަ މިނިޓްގައި ޑޯޓްމުންޑުގެ މާކޯ ރެއުސް ވަނީ މެޗުގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް މެޗުގެ ލީޑް ނަގާފައެވެ.
ބާޔާނުން ނަތީޖާ ހަމަހަމަ ކުރީ ޑޭވިޑް އަލަބާ ފުރަތަމަ ހާފްގެ އިތުރުވަގުތުގައި ބަޔާނަށް ޖަހައިދިން ލަނޑަކުންނެވެ.
ބަޔާނުގެ ދެވަނަ ލަނޑު ޖަހައިދިނީ ފަހު ހާފްގައި މެޗުގެ 48 ވަނަ މިނިޓްގައި ލޫކަސް ހެނާންޑޭޒް ފަހިކޮށްދިން ބޯޅައަކުން ލެވަންޑޯސްކީއެވެ.
ލެވެންޑޯސްކީގެ މި ލަނޑަކީ ޖަރުމަނު ލީގުގެ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ.
ބަޔާނަށް 3 ވަނަ ލަނޑު ޖަހައިދިނީ މެޗުގެ 80 ވަނަ މިނިޓްގައި ލެރޯއީ ސާނޭ އެވެ. މާގިނަ އިރުތަކެއް ނުވެ އަނެއްކާވެސް ޑޯޓްމުންޑުން ވަނީ އެޓީމުގެ 2 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ.
މެޗުގެ 83 ވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑެވެ. ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ދެވަނައިގައި އޮތީ 16 ޕޮއިންޓާއި އެކު ލިޕްޒިގް އެވެ. ތިންވަނައިގައި އޮތީ 15 ޕޮއިންޓާއި އެކު ޑޮޓްމުންޑެވެ. ހަތަރުވައިގައި އޮތް ޔޫނިއަން ބާލިން އާއި ފަސްވަނައިގައި އޮތް ލެވަކޫސަންއަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.