News
މާލެ ސަރަހައްދުގެ ކުޅިވަރުތައް ބޭއްވުމާއި ކުޅިވަރު ބަލަން ދިއުމުގެ ހުއްދަ ދީފި
8 ނޮވެމްބަރު 2020
ކޮވިޑް 19 އާއި ގުޅިގެން މާލެ ސަރަހައްދުގައި
އަޅާފައިވާ ފިޔަވަޅުތަކަށް ދިން ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި
ކުޅިވަރުތައް ކުޅުމުގެ ހުއްދަ ދީފިއެވެ.
އަދި 15 މީހުންނަށްވުރެ ގިނަ ނުވާ ގޮތައް
ކުޅިވަރުތައް ބަލަން ދިއުމުގެ ހުއްދަވެސްވަނީ ދީފައެވެ. ރޭ އެޗްޕީއޭއިން އިއުލާނު ކުރި ކޮވިޑް -19 އާއި ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަލުތަކަށް ދިން ލުއި ތަކުގެ ތެރޭގައި 15 މާޗު ގައި
ޔޫތްމިނިސްޓްރީން ބަންދުކުރި ތަންތަން އަލުން ހުޅުވުމުގެ ހުއްދަވެސް ވަނީ ދީފައެވެ.
އަދި ކުރިން މަނާކޮށްފައި އޮތް އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅުމުގެ
ހުއްދަވަނީ ދީފައެވެ. މި ހުއްދަތައް ދީފައިވަނީ އެޗްޕީއޭއިން ކަނޑައަޅާ
އުސޫލުތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތިން ކުޅިވަރުތައް
ކުރިޔަށް ގެންދިއުމަށެވެ.
މި ލުއިތަކާއިއެކު ކޮވިޑް ފެތުރުން
ހުއްޓުވުމުގެ ގޮތުން އަމަލުކަން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް
އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ކުޅިވަރު
ކުޅެންދާއިރު ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ކުޅިވަރު ކުޅެން
ނުދިއުމަށާއި، ކުޅިވަރުތައް ބަލަންދާ މީހުން މާސްއެޅުމާއި ހޭންޑް ސެނިޓައިޒާ
ބޭނުން ކުރުމާއި، 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް
ބަލަންދާއިރުވެސް ގުރޫޕްތަކުގެ މެދުގައި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމަށް
އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.