News

ހަޒާޑާއި ކެސެމީރޯ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

7 ނޮވެމްބަރު 2020






ެރެއާލް މެޑްރިޑްގެ އެޑެން ހަޒާޑާއި ކެސެމީރޯ ކޮވިޑް -19 އަށް ޕޮޒިޓިވް ވެފައިވާތީ އެކަހެރިކޮށްފިއެވެ. 


އެ ކުލަބުން ބުނީ މި ދެ ކުޅުންތެރިންނަށް ކޮވިޑްޖެހިފައިވާތީ  ސެލްފް އައިސޮލޭޝަންގައި  ދުވަސްތަކެއް ހޭދަކުރަން ޖެހޭނެ ކަމަށެވެ. 


އެހެން ކަމުން 29 އަހަރުގެ ބެލްޖިއަމް ފޯވާޑް ހަޒާޑް އަދި 28 އަހަރުގެ ބްރެޒިލް މިޑްފިލްޑަރ ކެސެމީރޯ އަށް އާދިއްތަ ދުވަހު ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބައިވެރިއެއް ނުވެވޭނެ އެވެ.


ރެއާލް މެޑްރިޑުން ނެރެފައިވާ ބަޔާނެއްގައި ބުނީ ހުކުރު ދުވަހު އެ ކްލަބުގެ ކުޅުންތެރިން ކޮވިޑް -19 އަށް ޓެސްޓު ކުރި އިރު ޕޮޒިޓިވްވީ ހަމައެކަނި ހަޒާޑާއި ކެސެމީރޯ ކަމަށެވެ.  މިހަފްތާގެ ކުރީކޮޅު ރެއާލްގެ ބްރެޒިލް ޑިފެންޑަރު  އެޑާ މިލިތާއޯވެސް ވަނީ ކޮވިޑަށް ފޮޒިޓިވް ވެފައެވެ.


ބެލްޖިއަމުން 15 ނޮވެމްބަރު ގައި އިންގްލޭންޑާއި ދެކޮޅަށް ނިކުންނަން ޖެހޭ މެޗުގެ ސްކޮޑްގައި ވެސް ހަޒާޑް ހިމަނާފައިވެއެވެ. 



Leave a Comment:

Comments will be published after moderation.